ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭ: މުޢިއްޒު

ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭ: މުޢިއްޒު

Author
މުޙައްމަދު ޖިމީ
01 ޖޫން 2022 12:50
0

ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " ރީސައިކަލް" ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރަންވާނީ ޕްލޭން ކުރުމަށްފަހުގައި ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ކަމެއް ކުރުމަށް ހަވާލުކުރާއިރު ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ހަވާލު ކުރުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން އުކާލާ ކުނި، ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިމަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ ގޭބީސީތަކުން 3 ބަޔަކަށް ކުނި ވަކިކޮށް ނެރެންޖެހެއެވެ.

ފުރަމާލެ ސަރަހައްދުން ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި ވަކިކޮށްގެން ނެރެން ޖެހެއެވެ. މި ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާޢީ ރަށްރަށާއި ޓޫރިސްޓް ރިސޯޓްތަކުން މަޢުދަނާއި ބިއްލޫރީގެ ބާވަތްތަކުގެ ކުނި ނެރެންޖެހޭނީ ވަކިކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މކލރށ
معز ބޯހަމަޖެހޭނ ކޮންދުވަހަކުންބާވައޭޭ ހިތައްް އަރާ! އެހެންނާފަހެ! وصيلةތައްފޯރުކޮށްދިނަސްނުދިނަސް ކުނިވަކިނުކޮށ ބޭރުކުރާކޮއްމެފަހަރަކު 5ހާސްރުފިޔާ ޖޫރީމައިނާކުރާގޮތަށް މިހާރު ވަނީ ހަމަޖައްސާފަ ! މިއީ ޖުރިމައިނާ ސަރުކާރު