ކާޖޮލް ފަލަކަމަށް ބުނެ މަލާމާތް ކުރަނީ

ކާޖޮލް ފަލަކަމަށް ބުނެ މަލާމާތް ކުރަނީ

Author
ފާތިމަތު ނާވީ
01 ޖޫން 2022 03:55
0

ބޮލީވުޑް އެކްޓްރެސް ކާޖޮލް ފަލަކަމަށް ބުނެ ގިނަ ބަޔަކު މަލާމަތް ކުރަން ފަށައިފިއެވެ.

މިފަހުން ޕަޕަރާޒީން ނެގި ފޮޓޯތަކުގައި ކާޖޮލް ހުރީ މަސްޖަހައި ބަޑެއްވެސް ލައިފައިއެވެ. އެއާއިއެކު ގިނަބަޔަކު ވަނީ ކާޖޮލް ބަނޑު ބޮޑުތޯ ސުވާލު އުފައްދައިފައިއެވެ. ނަވާރަ ސާތޭކައިގެ އަހަރުތަކުގައި އެންމެ މަޝްހޫރު އެއް ތަރީގެ ފޮޓޯއެއް ވަނީ ވައިރަލް ވެފައިއެވެ.

އެ ފޮޓޯއަކީ ކާޖޮލް ޕިލާޓެ ކްލާސް ނިންމައިފައި ނުކުމެ ކާރަށް އަރަނިކޮން ނަގައިފާ ފޮޓޯއެކެވެ. ކަޅު ކަސްރަތުކުރާ އައުޓްފިޓް އެއްގައި ކާޖަލް ހުރި އިރު އޭނާގެ ބަނޑު ވަރަށް ބޮޑަށް ހުރީ އެނގޭށެވެ.

އެއާއި އެކު ގިނަބަޔަކު ވަނީ އޭނާ އާއި ދިމާކޮށްލައިފައިއެވެ. 47 އަހަރުގެ ބަތަލާ މިހާރު ފަލަ ވުމުގެ އިތުރުން މުސްކުޅި ވެއްޖެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މަލާމާތް ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.