އިންޑޮނޭޝިޔާގައި ބޭއްވުނު ގްލޯބަލް ޕްލެޓްފޯމް ފޮރ ޑިޒާސްޓަރ ރިޑަކްޝަން މަހާސިންތާގައި ހުވަދޫ އެއިޑުން ބައިވެރިވެއްޖެ

އިންޑޮނޭޝިޔާގައި ބޭއްވުނު ގްލޯބަލް ޕްލެޓްފޯމް ފޮރ ޑިޒާސްޓަރ ރިޑަކްޝަން މަހާސިންތާގައި ހުވަދޫ އެއިޑުން ބައިވެރިވެއްޖެ

ޔުނައިޓެޑް ނޭޝަންސް ފޮރ ޑިޒާސްޓރަ ރިކްސްކު ރިޑަކްޝަންއާއި އިންޑޮނޭޝިޔާ ސަރުކާރު ގުޅިގެން އިންޑޮނޭޝިޔާގެ ބާލީގައި މިމަހު 23 އިން 28 ކުރިއަށް ގެންދިޔަ ގްލޯބަލް ޕްލެޓްފޯމް ފޮރ ޑިޒާސްޓަރ ރިޑަކްޝަން ގައި ހުވަދޫއެއިދްގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި މަހާސިންތާގައި ހުވަދޫ އެއިޑްގެ ފަރާތުން ބައިވެރިވެފައިވަނީ، އެ ޖަމިއްޔާގެ ޗީފް އެޑްވައިޒަރ އިމާދު މުހައްމަދުއެވެ.

ހުވަދޫ އެއިޑުން މައުލޫމާތު ދީފައިވާ ގޮތުގައި، މިމަހާސިންތާގެ ތެރެއިން ޕާޓްނާޝިޕް ކެޕޭސިޓީ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އިނީޝިއޭޓިވްގެ ފަރާތުން "އަ ޑަޔަލޮގް އޮން ލީވިންގ ނޯވަން ބިހައިންޑް އިންދަ ފޭސް އޮފް ޑިޒާސްޓަރ ރިސްކު" ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓްގެ ޕެނަލިސްޓެއްގެ ގޮތުގައިވެސް އިމާދު ވަނީ ބައިވެރިވެ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މިމަހާސިންތާގެ ހަވާސާގައި އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިންނާއި، ޔުނިވާސިޓީތަކާއި މިދާއިރާގައި ހަރާކާތްތެރިވާ އެކިއެކި ފަރާތްތަކާއިއެކު ބައްދަލުވުންތައް ބޭއްވިފައި ވެއެވެ.

މި މަހާސިންތާގެ ހަވާސާގައި، ޔޫ.އެން.ޖެނެރަލް އެސެމްބްލީގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދާއި ބައްދަލުކުރައްވައި، ހުވަދޫ އެއިޑްގެ ފަރާތުން ހިންގާ އެކިއެކި ހަރަކާތްތަކާއި ގުޅޭގޮތުން ވަނީ ޝަހިދާއި މަޝްވަރާ ކުރައްވާފައެވެ.

މަހާސިންތާގެ ހަވާސާގައި އިމާދު ޝާހިދާއި ބައްދަލު ކުރައްވަނީ

މިމަހާސިންތާގައި، ހުވަދޫ އެއިޑްގެ ގެ ޗީފް އެޑްވައިޒަރ އިމާދު ބައިވެރި ވެފައިވަނީ ގްލޯބަލް ނެޓްވޯކް ފޮރ ސީ.އެސް.އޯސް ފޮރ ޑިޒާސްޓަރ ރިޑްކްޝަންގެ އެހީތެރިކަމާއި އެކުއެވެ. އިމާދަކީ އެޖަމްއިއްޔާގެ ސައުތު އޭޝިޔާ އެޑްވައިޒަރީ ގްރޫޕްގެ މެންބަރެކެވެ. އަދި ހުވަދޫ އެއިޑަކީ އެޖަމްއިއްޔާގެ ރާއްޖޭގެ ފޯކަލް ޕޮއިންޓެވެ.

ހުވަދޫ އެއިޑަކަކީ މިފަދަ ބައިނަލް އަގުވާމީ ފޯރަމްތަކުގައި ބައިވެރިވަމުން އަންނަ ޖަމްއިއްޔާ އެއްކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *