ނަރުގިސް އެކޮޅު ކޮޅުން ބޯކޮޅު ވަތަށް ވެއްޓިއްޖެ

ނަރުގިސް އެކޮޅު ކޮޅުން ބޯކޮޅު ވަތަށް ވެއްޓިއްޖެ

Author
ފާތިމަތު ނާވީ
29 މެއި 2022 05:35
0

ބޮލީވުޑްގެ އެކްޓްރެސް ނަރްގިސް ފްޙްރީ ބައިސްކަލް ދުއްވަނިކޮން ވެއްޓިެއްޖެއެވެ. ނަމަވެސް އޭނާ އަށް އެއްވެސް އަނިޔާ އެއް ނުވެއެވެ.

ވީޑީއޯއިން ފެންނަ ގޮތުގައި އޭނާ ދިއައީ ބައިސްކަލް ދުއްވާތަށް ވީޑިއޯ ކުރަމުންނެވެ. ފަހަތުން އައި މީހާ ވީޑިއޯ ކުރަމުން ދިއަ އިރު ނަރުގިސް ބައިސްކަލް ދުއްވަމުން ފަހަތަށް ބަލައިލާތަނުން އޭނާ ގޮސް ވެއްޓެއެވެ.

އެވީޑިއޯގައި އޭނާ އެކޮޅު ކޮޅުން ބޯކޮޅު ވަތަށް ވެއްޓޭތަށް ފެންނުން ނަމަވެސް އޭނާ އަށް އަނިޔާއެއް ނުވެއެވެ. އޭނާ ތެދުވެ ހާން އިންނަ ތަން ވެސް ފެނެއެވެ.

މި ވީޑިއޯ ވަނީ އޭނާގެ އިންސްޓަގްރާމްގައި އާންމުކޮށްފައިއެވެ. އެއާއިއެކުގައި ގިނަބަޔަކު ވަނީ މަޖާވެގެން ކޮމެންޓް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Nargis Fakhri (@nargisfakhri)

ބޮލީވުޑްގައި އޭނާ އަށް މާބޮޑު ކާމިޔާބެއް މިހާތަނަށް އަދި ހޯދިފައިއެއް ނުވެއެވެ. އަދި ހަމަ އެހެންމެ ކުޅޭނެ ގިނަ ފިލްމް ތަކެއް ނުލިބޭ އިރު އޭނާ ފެނިގެން ދަނީ ސަޕޯޓިން ރޯލު ތަކުންނެވެ.

ނަރްގިސް އެނެމް ފަހުން ފެނިގެން ދިއައީ 2020 ވަނަ އަހަރު ފިލްމް "ތޯރްބާޒް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ ތެލުގޫ ފިލްމް އެއް ކަމުގައިވާ "ހަރި ހަރާ ވީރާ މައްލޫ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.