ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލަރޓްގައި ހއ. ހދ. އަދި ށ އަތޮޅުގެ ރަށްތަކަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިރޭގެ 22:30 އިން ފެށިގެން 1:30 އާއި ދޭތެރޭގެ ވަގުތު ތަކުގައި މިސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ އެވެ. އެހެން ކަމުން މިރޭ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މި އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
Yellow Alert for Torrential rain and thunderstorms. pic.twitter.com/X2t6bmMr9E
— Maldives Meteorology (@MetMaldives) November 13, 2020
އިއްޔެ އިން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން މިއަދު ވަނީ މުޅި ރާއްޖެއަށްވެސް ވައިޓް އެލާޓް ނެރެފައެވެ. އަދި ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެންބޮޑުވުުގެ ހާދިސާތައްވެސް ކުރިމަތި ވެފައިވެއެވެ.
ކޮމެންޓު ފޮނުވާ