އަލީ އާއި ޖޭސްމިން ކައިވެނި އިއުލާން ކޮށްފި

އަލީ އާއި ޖޭސްމިން ކައިވެނި އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
23 މެއި 2022 08:30
0

ޓިވީ ތަރިން ކަމަށްވާ އަލީ ގޯނީ އާއި ޖޭސްމިން ބާސިން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަން އިއުލާން ކޮށްފިއެވެ.

ސޯޝަލް މީޑިއާއަށް އެދެމީހުން ދޫކޮށްލި ވީޑިއޯއެއްގައި މިވާހަކަ ވަނީ ހިއްސާ ކޮށްފައެވެ. އެ ވީޑިއޯގައި އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށާއި އެކަމަކު އަދި ތާރީހު ސިއްރު ކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ވަރަށް އަވަހަށް ކައިވެނި ކުރާ ތާރީހު ވެސް އިއުލާން ކުރާނެ ކަމަށް ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Jasmin Bhasin (@jasminbhasin2806)

އަލީ އާއި ޖޭސްމިން ރައްޓެހިވީ ބިގްބޮސް 14 ގައި އެމީހުން އުޅުނު އިރުގައެވެ. އަދި އެމީހުން ވަނީ ޗުއްޓީ ދަތުރުތައް ވެސް ގޮސްފައެވެ. މީގެ އިތުރުން ސޯޝަލް މީޑީއާގައި އެމީހުން ވަނީ އެކަކު އަނެއްކަކަށް ވާ ލޯބި 'ބަންޑުން"ވެސް ކޮށްފައެވެ.

31 އަހަރުގެ ޖޭސްމިން ވަނީ ޑްރާމާ ސީރީޒްގެ އިތުރުން ބައެއް ފިލްމު ތަކުންނާއި ރިއަލިޓީ ޝޯ ތަކުން ވެސް ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނުގެ ދަރި ލަތީފް
ޢެމީޙުން ބިގްބޮސް ހައުސް އަށް ވަންއިރުވެސް އުޅެނީ އެކީގަ ޜައްޓެހިން އުޅޭގޮތަށް. އެއްގޭގަ ނިދާ އެކީގަ ކައި ބޮއި އެކީގަ ވަގުތު ހޭދަކޮށް . އަލީ ބިގްބޮސް އަށް ވަނީވެސް ޖޭސްމީންއަށް ހިތްވަރުދޭން ކަމަށް ބުނި އިސްތިހާރު ވާންވެގެން ބިގްބޮސްގަ ޕްރޮޕޯޒް ކުރީޔޯ. ވަރަށް ދެއްކުންތެރި ކަން ބޮޑުބަޔެއް ޚާއްސަކޮށް ޖޭސްމީން