އައްޑޫ ސުވާދީވުގެ ބަޢާވާތުން މިސާލު ނިގި ފަދައިން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހުން މިސާލު ނާގާނެ ދުވަސް އަތުވެދާތޯ ބުނެ އިދިކޮޅު ޕީއެންސީގެ ނައިބް ރައީސްގެ ސުވާލެއް ރައީސް ނަޝީދަށް ކުރިމަތި ކުރުވައިފިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވާދީވުގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވި ޑިވައިޑް އެންޑް ރޫލް އަކީ އިނގިރޭސީން ދުނިޔޭގެ ކަންކޮޅު ތަކުގައި އަތްގަދަ ކޮށްގެން އުޅުނު އިރު ގެންގުޅުނު ނާތަހުޒީބު ފިކުރެއްކަމަށެވެ. ރާއްގޭގައި އޮތް ފެހި ޤާނޫނު އަސާސީން ބަޔާން ކޮށްދެނީ ރާއްޖޭގައި އިންނާނީ ޔުނިޓަރީ ދައުލަތެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މާކުރީ ޒަމާނެއްގައި ރާއްޖޭގައި ހިނގައިދިޔަ ބަޢާވާތެއްގެ މިސާލު މިއަދު ރައީސް ނަޝީދު ނަންގަވާއިރު އެމަނިކުފާނުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ކަންކަން އަލުން އަތުވެދާނެ ކަމާއިމެދު ރައީސް ނަޝީދު ހިތުގައި މިއަދު ސުވާލު އުފެދެނީތޯ އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.
"Divide and rule" akee ingireysin dhuniyeyge kankolhuthakugai aiygadha koggen ulhunuiru gengulhunu fikureh. QA bunanee raajjeygai onnaanee unitarydhaulatheh kamah! Addu #baghaavaathun misaal nengevifadhain #Feb7 in misaal nangavaane dhuvahehves athuvedhaanethoa? @MohamedNasheed
— Adam Shareef Umar (@Adamshareefz) November 13, 2020
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވާދީވުގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ސިޔާސީ ގިނަ ލީޑަރުންނާއި، ގިނަ ރައްޔިތުން ދަނީ ކުއްވެރި ކުރަމުންނެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ބަދަލުވެގެން ދަނީ ބާރުތައް ރައްޔިތުންނަށް ލިބުމުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުނު ކަމަށް، 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ވެރިކަން ކުރި ގޮތަށް ބަލާއިރު ދަންނަވަން ދަތި ކަމަށް ރައިސް ނަޝީދު ވިދާޅުވިއެެވެ. ސުވަދީވަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުންނަވަނިކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ބައިވެރިވެގެން އުފެއްދި ވަކި ސަރުކާރެކެވެ.
ކޮމެންޓު ފޮނުވާ