އަނީސާގެ ދިވެހި ލިޔުއްވުމަށް އިކްރާމްގެ ފާޑުކިޔުން!

އަނީސާގެ ދިވެހި ލިޔުއްވުމަށް އިކްރާމްގެ ފާޑުކިޔުން!

Author
މުޙައްމަދު ޝަޒައިމް
22 މެއި 2022 12:05
0

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ކުރީގެ ވަޒީރ އަދި ޚާއްޞަ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ނޢޢވ އަނީސާ އަޙްމަދަށް ރަނގަޅަށް ދިވެހިން ލިޔަން ނޭގޭކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ފާޑު ވިދާޅުވެއްޖެއެވެ.

އިކްރާމް އަނީސާއަށް ފާޑުވިދާޅުވީ ޕެންޝަން ޤާނޫނު ރިވިއުކުރަން ނުކެރުނު ބަޔަކު ރައްޔިތުންގެ ހައްގޭ ނުކިޔުން ރަނގަޅުވާނެކަމަށް ވިދާޅުވެ އަނީސާ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ. އަނިސާ ފާޑުވިދާޅުވެފައި މިވަނީ، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބެމުން ނުދާކަމަށް ބުނެ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ހުށައެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުންނެވެ.

ދައުލަތުގެ ވަޒީފާގަ މުޅި އުމުރު ހޭދަކޮށްފަ ރިޓައަރ ކުރިމީހުންނާ އެނޫންމީހުންނާ އެއްވަރަށް އަސާސީ ޕެންޝަން ދިނުމަކީ އިންސާފު ވެރިގޮތަކަށް ނުވާތީއާވެސްއެކު ޕެންޝަން ގާނޫނު ރިވިޔުކުރުމަށް ހުށަހެޅުމުން އެވާހަކަ ދައްކާލަންވެސް ބޭނުންނުވި މަޖިލީހަކުން ރައްޔިތުންގެ ޙައްގޭ ނުކިއުންރަގަޅުވާނީ.

– އަނީސާ ވިދާޅުވިއެވެ.

އަނީސާގެ ވާހަތަކާއި ގުޅިގެން އިކްރާމް ވިދާޅުވީ އަނީސާ އުމުރެއްގެ ތަޖުރިބާއާއިއެކު ކުރެއްވި ޓުވީޓުގައި ބަސްތައް އެކުވެ ދެބަސް ދޭތެރޭ އިނގިރޭސި ބަސް ލައްވައިގެން ލިޔުއްވާފައިވާކަމީ ލަދުވެތިވާންޖެހޭކަމެއްކަމަށެވެ.

މަޖިލީހުގެ ނައިބް ރައީސްކަންވެސް ކުރައްވާފައިވާ އަނީސާ އަހުމަދު އުމުރެއްގެ ތަޖުރިބާއާއިއެކު ދިވެހި ލިޔުއްވާފައިވާއިރު ބަސްތައް އެއްވެ ދެބަސް ދޭތެރެއަށް އިނގިރޭސި ބަސް ލެވިފައި ހުރުމަކީ ލަދުވެތި ކަމެކޭ ސޯޝަލް މީޑިއާގައި ދަންނަވަން އަޅުގަނޑު ކުޑަކޮށް ޖެހިލުންވޭ.

– އިކްރާމް ވިދާޅުވިއެވެ.

އިކްރާމްއަކީ ރާއްޖޭގެ ރަސްމީ ބަހަކަށް އިނގިރޭސި ބަސް ހެދުމަށްވެސް މީގެ ދުވަސްކޮޅެއް ކުރިން ވަކާލާތު ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙަމީދު
ފާޑުކިއަން ޖެހޭނީ ކަމެއް ކުރަން އޮންނަގޮތް ނޫންގޮތަކަށް ކަންކުރީމަ.. ދިވެހިބަހުން ލިޔާއިރު އިނގެރޭސޮ ބަސް ބޭނުންކުރުމަކީ މަނާކަމެއްނޫން، ގާނޫނުހަދާ މަޖިލިސްގަވެސް ތިބެނީ މިވަރުގެ ބީތާއިންތަ. މުޖުތަމައުގެ ގިނަބަޔަކު ލިޔެ، ވާހަކަދައްކާ އުޅެނީ މިހާރު އެހެންނޭ މިހިރަ ސޮހޮލާ..
ޢ ޢަލީ ވާފިރު
ގުދޯ ގުދޯ ގޮވަނީއްޔޭ ބުނަލަން އެއްވެސް ޖެހިލުމެއްނުވެޭ.. "އުމުރެއްގެ ތަޖުރިބާ" އޭ މިބުނަނީ ކީކޭބާ، ތި އިކުރާމުމެން ވާހަކަ ދައްކާއިރު ދިވެހި 3ބަސް ބުނިއްޔާ އިނގެރޭސި 2ބަސްބުނާނެ،. ޒާތީވިޔަސް ފުކެއް ބޮޑުވަރު
G Gut
Ikuraam kaleythee kaaku konraahjeyakun kiyevirudiehtha
އ އައިސް
މި އަދި ކާކު
މ މުގުރާން
އިކުރާމަށް ދިވެހިން ލިޔެފަ ހުންނަ އެއްޗިހި ކިޔަންވެސް ނޭނގެނީތާ! އަޅެދޯ މިވަރު މޯލުން މަޖިލީހުގަ!