އަމިއްލަފުޅު އެދިވަޑައިގަތުމަށް، ސްރީ ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ނަޝިދުއާއި ހަވާލު ކުރައްވަފި

އަމިއްލަފުޅު އެދިވަޑައިގަތުމަށް، ސްރީ ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ނަޝިދުއާއި ހަވާލު ކުރައްވަފި

Author
ހުސެއިން
19 މެއި 2022 06:48
0

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅޭގޮތުން، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި، ސްރީ ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގހެ މިއަދު ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މިއަދުގެ ބައްދަލު ކުރެއްވުމުގައި ނަޝީދުވަނީ ސްރީ ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ހަވާލުކޮށްދެއްވުމަށް ސްރީ ލަންކާގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި ސްރީ ލަންކާގެ ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ އެގައުމުގެ ލޯކަލް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ނަޝީދުގެ މި އެދިވަޑައިގަތުން ގަބޫލުކުރައްވާ، ބޮޑުވަޒީރު ރަނިލް ވިކްރަމެސިންހެ ވަނީ، އެގައުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ނަޝިދާއި ހަވާލު ކުރައްވާފައެވެ.

ބޮޑުވަޒީރުގެ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މިއަދުގެ މަޝްވަރާތަކުގައި، ސަރީ ލަންކާއަށް ކުރިމަތިވެފައިވާ މި ކާރިސާގައި ނަޝީދުގެ ފަރާތުން ލިބިލައްވަމުން ގެންދަވާ އެހީތެރިކަމަށް ރަނިލް ވިކްރަމެސިންހެ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އަދި މި ކާރިސާއަށް ހައްލު ނުހޯދި، ހާލަތު ގޯހުން ގޯހަށް ދަތުރުކޮށް، ގައުމުގެ ބޭރު ފައިސާގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށްގޮސް، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކާ ފައިސާ ޗާޕުކުރަން މަޖުބޫރުވެ، ތަކެއްޗާއި އާންމު ޚިދުމަތުގެ އަގު އިންތިހާއަށް މަތިވެ، ގައުމަށް އެތެރެ ކުރަންޖެހޭ އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭހަށް ފައިސާ ދެއްކޭނެ ގޮތެއްނެތި، އެގައުމުވަނީ ބަގުރޫޓު ވުމާއި ކައިރި ވެފައެވެ.

މިއަދު ސްރީ ލަންކާގެ ސެންޓްރަލް ބޭންކުންވަނީ، ގައުމުން ބޭރުން ދަރަނި ނުދެއްކި، ފުރަތަމަ ފަހަރަށް އެގައުމުން ސޮވެރިންގ ޑީފޯލްޓަކަށް ގޮސްފައިވާކަން ހާމަ ކޮށްފައެވެ. ސްރީ ލަންކާ ވެގެން މިދިޔައީ އޭޝިއާ ޕެސިފިކް ރީޖަންއިންއިން ފާއިތުވި 23 އަހަރު ތެރޭގައި ސޯވެރިންގ ޑީފޯލްޓަކަށް ދިޔަ ފުރަތަމަ ގައުމެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވަ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާމު
ލަންކާގެ ފޮރިން މިނިސްޓަރު މުހައްމަދު ނަޝީދު. ހަހަހަހަހަ މަތިންބައިން ޖެހިގެން. މީހުންގެ ސަމާލުކަން ހޯދަން މޮޅު ސްޓަންޓެއް ޖައްސާލީ.