ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
18 މެއި 2022 06:16
0

ބ.އަތޮޅު ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިންގް ކޮމްޕެނީ އެމްޓީސީސީ އިން ތައްޔާރުވާން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތައް ބޭނުންވާ ހިލައިގެ ފުރަތަމަ ސިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި ރަށުގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 803 މީޓަރުގެ ބޭރު ތޮށްޓެއްލާ، 80 މީޓަރުގެ ރިވެޓް މަންޓްއެއް ޖަހާނެއެވެ.

އަދި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ. މީގެ އިތުރުން އެރަށުގައި ފަތާ ސަރައްދެއް ފުންކޮށް އެތަން ހިމާޔަތް ކުރުމުގެ މަސައްކަތް މިމަސްރޫއުގެ ދަށުން ކުރެވިގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ.

ކެންދޫ ކައުސިންލުން ވިދާޅުވީ އެރަށަކީ ވަށައިގެން ގިރާރަށެއްކަމަށާއި އަދި ހުޅަނގު މޫސުމުގައި ރަށުގެ އުތުރު ފަރާތުގައި ހުންނަ ގެތަކަށް ލޮނުގެ އަސަރުކޮށް އުދަ އަރާ ދުވަސްތަކުގައި އެސަރަހައްދުން އެއްގަމަށް ލޮނު އަރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.