އަނދުން ހުސައިނާ ގުޅޭގޮތުން ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދޭން ފާސްކޮށްފި

އަނދުން ހުސައިނާ ގުޅޭގޮތުން ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދޭން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
18 މެއި 2022 03:58
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ހަގީގަތް ފޮރުވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ސަރުކާރަށް ވާގިވެރިވާކަމަށް ވިދާޅުވެ އެމަނިކުފާނު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދިނުމަށް މަޖިލީހުގެ ޢާންމު ކޮމިޓިން ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ރައީސް ނަޝިދު، މެންބަރު ހުސައިން ޝަހީމަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އެ މައްސަ ބަލައިދިނުމަށް ޢާންމު ކޮމިޓީއަށް ހުށައެޅި މައްސަލާގައެވެ. މި މައްސަލަ ކޮމިޓީއަށް ހުށައެޅީ މެންބަރު ޙުސައިން ޝަހީމެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމަށް ތުހުމަތުތަކެއް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާގެ ރޭވުންތައް ފޮރުވުމުގައި މެންބަރު ޙުސައިން ޝަހީމް ސަރުކާރަށް ވާގިވެރިވާކަމަށެވެ. މިތުހުމަތުތަކާއި ގުޅިގެން ޙުސައިން ޝަހީމް ވަނީ އޭނާގެ ނަން ތަހުގީގު ރިޕޯޓާއި އިންކުއަރީ ރިޕޯޓްގައި އޮތްތޯ ސުވާލު ކުރައްވާފައެވެ. މި މައްސަލާގައި މެންބަރު ހުސައިން ޝަހީމް އެދިވަޑައިގަތީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީއެއް މަޖިލީހުގެ އިދާރާ އިން ދެއްވުމަށެވެ.

މެންބަރު ޙުސައިން ޝަހީމް ހުށައެޅުއްވި މައްސަލާގައި ދެ ބައްދަލުވުމެއް މިހާތަަނަށް ކޮމިޓީން ވަނީ ބާއްވާފައެވެ. މިގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝަހިދު ވަނީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް އެދިވަޑައިގަންނަވާ ގޮތަށް އެ ޗެޓްލޮގްގެ ކޮޕީ މަޖިލިހުގެ އިދާރާ އިން ފޯރުކޮށްދެއްވުމަށެވެ.

އެ ހުށައެޅުމަށް ތަޢީދުކުރައްވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވީ، ރަސްމީ ގްރޫޕަކަށް ކޮންމެ މެންބަރަކު މެސެޖު ކުރެއްވިނަމަވެސް އެކަމެއްގެ ޒިންމާ އެ މެންބަރަކު ނަންގަނަވްނ ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. މިއާއެކު ކޮމިޓީން ފާސްކުރީ މެންބަރު ޙުސައިން ޝަހީމް އެދިވަޑައިގެންނެވިގޮތަށް ރައީސް ނަޝިދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ކޮޕީއެއް އެ މެންބަރަށް ދެއްވުމަށް ފާސްކޮށްފައެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއިގުޅިގެން އެމަނިކުފާނަށް ފިޔަވަޅު އަޅައިދިނުމަށް އެ މައްސަލަ ވަނީ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށްވެސް ވަނީ މައްސަލައެއް ހުށައަޅާފައެވެ. އެ މައްސަލަ އެކޮމިޓީން ވަނީ ބަލައިގެންފައެވެ. އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ބަލައިދިނުމަށް އެދި ޙުސައިން ޝަހީމް ހުށައެޅުއްވި މައްސަލާގައި ވަނީ އޭނާގެ މައްޗަށް ނަޝީދު ކުރެއްވި ތުހުމަތުތަކަކީ އިމްތިޔާޒު ލިބިވަޑައިގަންނަވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީވެސް ޤާނޫނު އަސާސީއާއި ކަމާއި ގުޅުންހުރި ޤާނޫނުތަކާއި ހުދޫދުގެ ތެރެއިން ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއްކަމަށެވެ. ޝަހީމް ވަނީ އޭނާއަށް ތުހުމަތުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އޭނާގެ އިމްތިޔާޒުތަކާއި ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކުރެއްވި ހަގީގަތެއް ނެތް ތުހުމަތުތަކެއްކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެ ތުހުމަތުތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.