ނޭހާގެ ފިރިމީހާގެ އަގުބޮޑެތި އެއްޗެހި ތަކެއް ވަގަށް ނަގައިފި

ނޭހާގެ ފިރިމީހާގެ އަގުބޮޑެތި އެއްޗެހި ތަކެއް ވަގަށް ނަގައިފި

Author
ފާތިމަތު ނާވީ
17 މެއި 2022 05:40
0

ހިމާޗަލް ޕްރަދޭޝްގެ މަންދީގެ ހޮޓަލެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިއަ ބޮލީވުޑްގެ ލަވަ ކިއުން ތެރިއާ ނޭހާ ކައްކަރުގެ ފިރިމީހާ ރޯހަން ޕްރީތު ސިންގްގެ އަގުބޮޑު އެއްޗެހި ތަކެއް ވަގަށް ނަގައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޯހަންގެ ޑައިމަންޑް އަނގޮޓިއަކާއި އައިފޯނަކާއި އެޕަލް ވޮޗު ވަގަށް ނެގީ އޭނާ ހޮޓަލުގައި މަޑުކޮށްގެން ހުރި ކޮޓަރީގައި ބަހައްޓާފައި ހުއްޓާ ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް ފައިސާވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ރިޕޯތައް ބުނެއެވެ.

މިދިއަ ހޮނިހިރު ދުވަހުގައި ހިގި މިހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ނޭހާ އާއި އޭނާގެ ފިރިމީހާ ވަނީ މިދިއަ ހަފްތާގައި އާ ވީޑިއޯ ލަވައެއް ނެރެން އުޅޭ ކަމުގެ ޚަބަރު ދީފައެވެ. ޗުއްޓީގައި އެ މީހުން ތިބި ހޮޓަލުގެ އެ ކޮޓަރީގައި ނެގި ވީޑިއޯއެއް ވެސް ވަނީ އިންސްޓަގްރާމުގައި އާންމު ކޮށްފައެވެ.

ނޭހާ އާއި ރޯހަން ކައިވެނި ކޮށްފައިވަނީ 2020 ގެ ކޯވިޑް ބަލިމަޑުކަމުގެ ތެރޭގައެވެ. އޭގެފަހުން ދެމީހުން އެކުގައި އަންނަނީ ލަވަތައް ރިލީޒް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.