ކައިވެންޏަށް އެއްމަސްވުން ރަންބީރާއި އާލިއާ ފާހަގަ ކޮށްފި

ކައިވެންޏަށް އެއްމަސްވުން ރަންބީރާއި އާލިއާ ފާހަގަ ކޮށްފި

Author
ފާތިމަތު ނާވީ
15 މެއި 2022 07:42
0

މިދިއަ އެޕްރިލް މަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރި ފިލްމީ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެމީހުންގެ ކައިވެންޏަށް އެއްމަސް ވުން އިއްޔެ ފާހަގަ ކޮށްފިއެވެ.

އާލިއާ އިއްޔެ ވަނީ އެއްމަސް ފުރުމާއި ގުޅިގެން މީގެ ކުރިން ފެނިފައިނުވާ އެމީހުން ގެ ކައިވެނީގެ ސެރޮމޮނީ ތަކުން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt ????☀️ (@aliaabhatt)

މީގެ އިތުރުން ކައިވެންޏަށް އެއްމަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން އެދެމީހުން ވަނީ ޑިނާ ޑޭޓަކަށްވެސް ގޮސް ސެލެބްރޭޓް ކޮށްފައެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 5 ވަރަކަށް އަހަރު ފަހުންނެވެ. އެމީހުން ލޯބީގެ ފެށުމަކީ ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމް "ބްރަމަސްތުރާ"ގެ ސެޓެވެ.

ދެތަރިން ކައިވެނި ކުރި އިރުވެސް ފިލްމު އަދިވެސް އޮތީ ރިލީޒް ނުވެއެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ 5 އަހަރަށް ދިގު ދެމިގެންދިއަ މި ފިލްމު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ތާވަލް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.