3 ސްޓަރ ކިޑުންގެ "ދި އާޗީސް"ގެ ފަސްޓް ލުކް ދައްކާލައިފި

3 ސްޓަރ ކިޑުންގެ "ދި އާޗީސް"ގެ ފަސްޓް ލުކް ދައްކާލައިފި

Author
ފާތިމަތު ނާވީ
16 މެއި 2022 07:52
0

ދާއިރާގައި ނުފޫޒު ގަދަ ތިން ތަރިއެއްގެ ދަރިންނާއި އެކުގައި ޑައިރެކްޓަރ ޒޯޔާ އަޚްތަރު ހަދަމުން އަންނަ މިއުޒިކަލް ޑްރާމާ "ދި އާޗީސް"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

މިއީ ފިލްމީ ދާއިރާއަށް ބޮލީވުޑްގެ ކިންގް ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އާއި ބަތަލާ ޝްރީ ދޭވީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރުގެ އިތުރުން އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިއާ ނަންދާ ބޮލީވުޑަށް ތާރަފްވާ ފިލްމެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

މި ފިލްމުގެ ފަސްޓް ލުކް ދައްކާލުމާއެކު އެ ތިން ކުދިންގެ އާއިލާގެ މެމްބަރުންނާއި އިންޑަސްޓްރީގެ ގާތް މީހުން އަންނަނީ ތައުރީފް އޮއްސަމުންނެވެ.

މި ފިލްމަކީ ހުޅަނގުގެ މަޝްހޫރު ކޮމިކް ވާހަކަ އާޗީސްއަށް ބިނާކޮށް އެކަމަކު އިންޑިއާ ވަންތަކޮށް ހަދާ ފިލްމެކެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަދާ މި ފިލްމު ބިނާކޮށްފައި އޮންނާނީ 1960ގެ ތެރެއަށެވެ. ފިލްމް ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުއެވެ. ނަމަވެސް ތާރީހެއް މިހާތަނަށް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.