ޔޫއޭއީގެ ރައީސްގެ ޖަނާޒާއަށް ރައީސް ސާލިހް ޔޫއޭއީއަށް ވަޑައިގަންނަވަނީ

ޔޫއޭއީގެ ރައީސްގެ ޖަނާޒާއަށް ރައީސް ސާލިހް ޔޫއޭއީއަށް ވަޑައިގަންނަވަނީ

Author
ހުސެއިން
14 މެއި 2022 12:48
0

މިފަހްތާގެ ހުކުރު ދުވަހު އަވަހާރަވެފައިވާ ޔޫއޭއީގެ ރައީސް ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހް ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާ މަބުރޫކު އަޒީޒު ވިދާޅުވެފައި ވާގޮތުގައި، ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސާލިހު ފުރާވަޑައިގަންނަވަނީ މާދަމާ މެންދުރު ފަހު ކަމުގައެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން، އެކަމުގެ ހިތާމާގައި، ދިވެހި ދިދަވެސް 3 ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމުގެ ހިތާމާގައި، އެގައުމުގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއަރޒްއިންވަނީ، ހުކުރު ދުވަހުން ފެށިގެން، 40 ދުވަހު ހިތާމަ ފާޅު ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ސަރުކާރު އޮފީސްތަކާއި އަމިއްލަ ތަންތަންވެސް 3 ވަސް ވަންދެން ބަންދު ކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ދިދަތައް ބައި ދަނޑިއަށް ތިރި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޝައިޚް ޚަލިފާ ބިން ޒައިދު ޔޫއޭއީގެ ރައީސްކަމާއި، އަބޫދާބީގެ ވެރިޔާގެ މަގާމް އަދާކުރަމުން އަންނަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހުން ފެށިގެންނެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ޚަލިފާ ބިން ޒައިދު އަވަހާރަވެފައި ވަނީ އުމުރުފުޅުން 73 އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންފަ
ކޮންފަދަ އެއްޗެއް މި އޮތީ ޚަބަރުގަ ހަމަ ނުޖެހޭ އޮޅުބް ބޮޅުން ވެފަ