އިންތިއަށް ސަރުކާރާއެކު މަސައްކަތް ކުރެވިދާނެކަމަށް ޤަބޫލެއް ނުކުރެވޭ: ފައްޔާޒް

އިންތިއަށް ސަރުކާރާއެކު މަސައްކަތް ކުރެވިދާނެކަމަށް ޤަބޫލެއް ނުކުރެވޭ: ފައްޔާޒް

Author
މުޙައްމަދު ޖިމީ
13 މެއި 2022 11:22
0

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް މިސަރުކާރާއެކު މަސައްކަތްކުރެވިދާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް، މި އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީން ގެނެސްދިން ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅިުވީ، މިސަރުކާރާއެކު އިންތިއަށް މަސައްކަތް ނުކުރެވޭނެކަމަށް ޤަބޫލުފުޅު ކުރައްވަނީ އިންތިޚާބުގެ ކެމްޕެއިންގައި މިހާތަނަށް އިންތި ދައްކާފައިވާ ވާހަކަތަކުންކަމަށެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީ ކުރިއަރައިގެން ދާނީ ސަރުކާރާއެކު މަސައްކަތްކޮށްގެންކަމަށެވެ.

އަޅުގަނޑު ވަރަށް ކެރިގެން މި ދަންނަވަނީ، އަޅުގަނޑު މަސަތްކަތް ކުރާނީ ސަރުކާރާއެއްކޮށް ސަރުކާރު ދިފާއުކޮށް މި ޕާޓީ ވަރުގަދަކުރުމަށް. ސިޔާސީ ހަގީގަތްތަކަކީ އޮންނަ އެއްޗެއްކަން އެނގިހުރެ އެ ގައުމެއްގައި އެކަންކަން އޮންނަ ގޮތެއްގެ މަތިން އެ ކަންކަން ކޮށްގެން.

– ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ސިޔާސީ ކަންކަމުގައި ތަންދޮރު ނުދަންނަކަމަށް އިންތި ހައްދަވާތީ ކަންބޮޑުވާކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަންކަމަށް ބޭނުންވަނީ "އެޑްމިނިސްޓްރޭޓިވްލީ އިފެކްޓިވް" މީހެއްކަމަށާއި، އިންތިގެ ކިބައިގައި އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތްކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން ބަހުސްގައި އިންތިގެ ނަޒާހަތްތެރިކަމާއި ގުޅޭގޮތުން ކުރި ސުވާލައ ގުޅިގެން އިންތިއަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބުރޭ
އެމްޑީޕީ ޗެއަރޕާސަންކަމަކީ ސަރުކާރާގުޅިގެންހިންގާސަރުކާރުގެވަޒިފާއެއްނޚން އެއީ ޕާޓީގެ މަގާމެއް ޕާޓީ ހިންގާ މީގެއްގެދަރު ފައްޔާޒައްނޭގޭދޯ