"އިންޑިއާ އައުޓް" ލިޔުންތައް އަޅަމުންދާ 4 މީހުން ދެނެގަނެވިއްޖެ: ފުލުހުން

"އިންޑިއާ އައުޓް" ލިޔުންތައް އަޅަމުންދާ 4 މީހުން ދެނެގަނެވިއްޖެ: ފުލުހުން

Author
ޢަލީ އާދަމް
12 މެއި 2022 10:52
0

މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން އެކަން ކުރާ 4 މީހަކު ދެނެގަނެވިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

"އިންޑިއާ އައުޓް" ކަރުދާސްތައް މާލެތެރެއަށް އަޅަމުންދާ މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި ކޮންބައެއްކަން ދެނެގަނެވުނު 4 މީހުންގެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެހެން ނަމަވެސް މިމައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވެއެވެ. އިންޑިއާ އައުޓް ހަރަކާތް ހުއްޓާލުމަށް ރައީސް ނެރުއްވާފައިވާ ޤަރާރަށް ގޮންޖަހައި އިދިކޮޅުން އަންނަނީ އެ ހަރަކާތް ފުޅާކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ރިޔާސީ ގަރާރަކުން އިންޑިއާއުޓް ބެނާރތައް ދެމުމާއި، އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން މަނާކޮށް، ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓު ބެނާރ ފުލުހުން ނަގާފައިވަނިކޮށް، ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާރަށް ގޮންޖަހާ، "އިންޑިއާ"ގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެން އަލުން މާލޭގައި އިންޑިއާ އައުޓް ބެނަރ ދަމާފައިވެއެވެ. އަކުރައް ބަދަލުކޮށްގެންވެސް ބެނަރ ދެމުމުން ފުލުހުން ވަނީ އެ ބެނާރވެސް ނަގާފައެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެއެވެ.

އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 19 ބޭރު
ަޚ ތަޅާމަރައިގެން ހުއްޓުވޭނެ އެއްވެސްކަމއެއް ނޯންނާނެ، އަދި ކީކުރަން އިންޑިއާއައުޓު ހުއްޓުވޭނެ ގަރާރެއްވެސް ނޯންނާނެ، ޖަލަށް ލިއަސް މެރިއަސް އިތުރު މީހުން ތިބޭނެ، އެއްވެސްގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު އެއްވެސްގައުމަކުން އަތެއް ނުބޭނޭނެ، އަޅުވެތިކަމަށްވުރެ ހައިހޫނުކަންވެސް މާރަނގަޅު އެމީހަކު ބޭނުން ކަމެއްކޮށްގެން އެމީހަކަށް ބަނޑުފުރާނަ މުއްތިޗކުރާން އެހެންމީހެއްގެ ފަހަތުނ ދުވާކަށް ނުޖެހޭނެ.
އ އިންޑިޔާބޭރު
4 މީިހުން ހައްޔަރުކުރިއްޔާ އިތުރު 40 މީހުން ތިކަންކުރާނެ.ފުލުހުން ތިކުރަނީ ބޭކާރުކަމެއް ތިކަންހުއްޓުވަން ތިއުޅެނީ.ތިކަމެއް ނުހުއްޓުވޭނެ.
ދ ދޮންފުތު
ހުއްޓުވޭނެ.އެކަންކުރާ ކުއްތާތައް ހޯދާފަ ތަޅާމަރާފަ މިގައުމުން ބޭރުކުރަންވީ. އޭރުން އެއުތީ ހުއްޓިފަ.