އޭ ލިސްޓްގެ ގިނަ ޑިޒައިނަރުން އަހަރެންނަށް ބުނީ ނޫނެކޭ: ނޭހާ ދުޕިއާ

އޭ ލިސްޓްގެ ގިނަ ޑިޒައިނަރުން އަހަރެންނަށް ބުނީ ނޫނެކޭ: ނޭހާ ދުޕިއާ

Author
ފާތިމަތު ނާވީ
16 މެއި 2022 09:43
0

ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ނުލިބުން ނަމަވެސް ނޭހާ ދުޕިއަ އަންނަނީ އެހެން ގޮތްގޮތުން އޭނާގެ ކެރިއަރ ދެމެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޝޯ ހޯސްޓް ކުރުމާއި ފެޝަން ޝޯ ތަކުގައި ބައިވެރި ވުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

2018 ވަނަ އަހަރު އެކްޓަރ އަންގަދު ބޭދީއާ ކައިވެނި ކުރި ނޭހާއަށް ވަނީ މިހާރު ދެކުދިން ލިބިފައެވެ. އަދި ކުދިން ލިބުމުން، އެހެން މީހުނެކޭ އެއްފަދައިން އޭނާގެ ހަށިގަނޑަށްވެސް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

ހަށިގަނޑު ފަލަވުމުގެ ސަބަބުން ގިނަބައެއްގެ މަލާމާތައި، ސޯޝަލް މީޑީއާގައި ތަފާތު ޓްރޯލް ތަކާއިވެސް އޭނާ އަންނަނީ ކުރިމަތި ލަމުންނެވެ.

އެގޮތުން ދާދިފަހުން ނޭހާ ބުނެފައިވާ ގޮތުގައި އޭނާ ދެވަނަ ދަރިފުޅު ލިބުނު ފަހުން އޭ ލިސްޓްގެ ޑިޒައިނަރުން އޭނާ ސްޓައިލް ކޮށްދޭން ނޫނެކޭ ބުނެފައި ވާކަމަށެވެ. އަދި އެމީހުންނަކީ މީގެ ކުރިން އޭނާ ސްޓައިލް ކޮށްދިން ބައެއް ކަމަށާއި އެހެންކަމުން ހީކުރީ އެއީ ރަހުމަތް ތެރިން ކަމުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

ނަމަވެސް އެމީހުން އޭނާ ސްޓައިލް ކޮށްދޭން ބޭނުން ނުވާ ކަމަށް ބުނެފައި ވާ ކަމަށް ނޭހާ ވަނީ ބުނެފައެވެ.

އަދި އެއީ އޭނާ އަށް އެކަނި އަންނަ ބަދަލު ނޫން ކަމަށާއި އެއީ ހުރިހާ އަންހެނުންނެއްވެސް ފޭސް ކުރާނެ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

އެންމެ ފަހުން ނޭހާ ފެނިގެން ދިޔައީ މި އަހަރުގެ ފިލްމު "އަ ތާޒްޑޭ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.