ހިނގި ހަމަނުޖެހުންތަކުގައި، މަހިންދަ ރާޖަޕަކްސަގެ މައިފުނު ގެވެސް ވަނީ އަންދާލާފަ

ހިނގި ހަމަނުޖެހުންތަކުގައި، މަހިންދަ ރާޖަޕަކްސަގެ މައިފުނު ގެވެސް ވަނީ އަންދާލާފަ

Author
ހުސެއިން
10 މެއި 2022 01:36
0

ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައި ނުގަނެވި، އެތައް ދުވަހެއް ވަންދެން ސްރީ ލަންކާގައި ކުރިޔަށް ދިޔަ މުޒާހިރާތަކަށްފަހު، އިއްޔެގެ ވަގުތެއްގައި އެގައުމުގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، ހަމަނުޖެހުންތައް ކޮންޓްރޯ ނުކުރެވި، ސަރުކާރާއި ދެކޮޅަށް މިޒާހިރާ ކުރަމުން ދިޔަ މީހުން، އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކަސަގެ، އެގައުމުގެ ހަންބަންޓޯޓާގައި ހުންނަ މައިފުނުގޭގައި ރޯކޮށް އެގެވެސް އަންދާލައިފިއެވެ.

ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ބޭބެ، މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގައި އަލިމަގެއް ނުފެނި، މުޅި ގައުމުގައި ހަމަނުޖެހުން އާންމު، އެންމެފަހުން، މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންނައި ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދާ ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިގަން ފެށުމާއި ގުޅިގެންނެވެ.

އަދި މިހަމަ ނުޖެހުންތަކުގައި އިއްޔެއާއި ރޭގެ ވަގުތުތަކުގައި މުޒާހިރާ ކުރާމީހުންވަނީ ރާޖަޕަކްސައަށް ދާއީތުކުރާ، ގާނޫނުހަދާ މަޖިލިހުގެ އެތައް މެމްބަރުންނެއްގެ ގޭގައިވެސް ރޯ ކޮށްލާފައެވެ. އަދި އެއް މެމްބަރަކު ވަނީ މުޒާހިރާކުރާ މީހުންގެ އަތްދަށު ނުވާންވެގެން އަމިއްލައަށް މަރުވެސް ވެފައެވެ.

ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްގައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސްރީ ލަންލާގެ ހަންބަންޓޯޓާގެ މެޑަމުލާނާގައި ހުންނަ، މަހިންދަ ރާޖަޕަކްސައާއި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ މައިފުނު ގެ ވަނީ އަނދާ އަޅިއަށް ވެފައެވެ.

އަދި މީގެއިތުރުން ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުންވަނީ، ކުރުނެގަލައިގައި ހުންނަ މަހިންދަ ރާޖަޕަކްސަގެ ގޭގައިވެސް ރޯ ކޮށްލާފައެވެ. އަދި މުޒާހިރާކުރާ މީހުންވަނީ، މަހިންދަ ރާޖަޕަކްސައާއި ގޮޓަބަޔަ ރާޖަޕަކްސަގެ ބައްޕަގެ ހަނދާނުގައި، ހަމްބަންޓޯޓާގެ މެޑަމުލަނާގައި ހަދާފައިހުރި ހަނދާނީ ބިނާއެއްވެސް ތަޅާލާފައެވެ.

މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އާންމު ރައްޔިތުން އޭނާއާއި ރައީސް ގޮޓަބަޔަ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ މުޒާހިރާ ކުރަމުންދާތާ މަހެއްހާ ދުވަސް ފާއިތުވެގެން ދިޔަ ފަހުންނެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގެ މަހެއްހާ ދުވަސްކުރިން ގޮޓަބަޔަގެ މުޅި ކެބިނެޓް އެކީގައިވަނީ އިސްތިއުފާ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.