ޔޫރޯ ކޮލިފައިން ޕްލޭއޯފް ކާމިޔާބުކޮށް ސްކޮޓްލޭންޑުން 23 އަހަރުފަހުން ބޮޑު މުބާރާތަކުން ޖާގަހޯދައިފިއެވެ.
އަންނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްކޮޓްލޭންޑް ޖާގަ ހޯދީ ކޮލިފައަން ޕެލޭއޯފްގައި ސާބިޔާ ދެކޮޅަށް ކުޅުނު ފުރިހަމަވަގުތު ހަމަވައިރު 1-1 ލަނޑުން އެއްވަރުވުމުން އިތުރު ވަގުތު ކުޅެ ނަތީޖާއަށް ބަދަލެއް ނައުމުން ޕެންލެޓީގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގެ ސްކޮޓްލޭންޑްގެ ރަޔާން ކިރިސްޓައި ލަނޑެއް ޖަހާ ލީޑް ނަގައިދީފަ ވަނިކޮށް ސާބިޔާއަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 90 ވަނަ މިނުޓުގައި ލުކާ ޖޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސްކޮޓްލޭންޑްގެ ރަޔާން ވަނީ އެންމެފަހުން އެޓީމަށް ކުޅުނު ތިންމެޗުގައި ވެސް ލަނޑުޖަހާފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސާބިޔާގެ ފަހު ޕެނެލްޓީ އެލެކްސެންޑަރ މިޓްރޮވިޗް އަށް ކާމިޔާބު ނުކުރެވުމުން އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްކޮޓެލޭންޑަށް ޖާގަލިބެގެން ދިޔައެވެ. ސްކޮޓެލޭންޑް މިމެޗާ އެކު ވަނީ ބަލިނުވެ ނުވަ މެޗު ހަމަކޮށްފައެވެ. މިއީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި އެގައުމުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑް އިން ވާދަކޮށްފަވަނީ 1996 ވަނައަހަރުއެވެ. އެ ގައުމުން އެންމެފަހުން ބޮޑު މުބާރާތެއްގައި ވާދަކުރީ 1998 ވަނައަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައިއެވެ. 2006 ވަނަ އަހަރު މިނިވަން ދައުލަތަކަށް ސާބިޔާ ބަދަލުވިފަހުން އެންމެފަހުން ކުޅުނު ހަތަރު ޔޫރޯ މުބާރާތުން ވެސް އެޓީމުން ވަނީ ޖާގަނުހޯދިފައެވެ.
ސުކޮޓްލޭން ހިމެނެނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑް، ކޮރޭޝިޔާ، ޗެކްރިޕަބްލިކް އާއެކު އެއް ގުރޫޕްއެއްގައިއެވެ.