ފާއިތުވި ދެ ހަފްތާ ތެރޭ ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުން އަދަދު 312 އަށް

ފާއިތުވި ދެ ހަފްތާ ތެރޭ ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުން އަދަދު 312 އަށް

Author
ހުސެއިން
09 މެއި 2022 06:55
0

ފާއިތުވި ދެ ހަފްތާ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދަކީ 312ކަން އެޗްޕިއޭއިން ހާމަ ކޮށްފިއެވެ. އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދެވެ.

މިމުއްދަތުގައި ކޯވިޑަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 43 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވް 222 މީހުންނެވެ. އަދި މިމުއްދަތުގައި މި ބަލީގައި އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް 179،483 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ދާދިފަހުން ރައީސް އިބުރާހިމް މުހައްމަދު ސާލިހުވަނީ ކޮވިޑާއި ދެކޮޅަށް ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއި ދެއްވާފައެވެ. އަދި ދެއަހަރަށް ފަހު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތަށް ނިމުން ގެންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.