އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކޮށް އެމްޑީޕީ ބޭއްވޭނީ ފައްޔާޒަށް ވޯޓު ދީގެން: އިކްރާމް

އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކޮށް އެމްޑީޕީ ބޭއްވޭނީ ފައްޔާޒަށް ވޯޓު ދީގެން: އިކްރާމް

Author
މުޙައްމަދު ޖިމީ
09 މެއި 2022 12:37
0

އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކޮށް އެމްޑީޕީ ބޭއްވޭނީ އެޕާޓިގެ ޗެއަރޕާސަންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ހޮވައިގެންކަމަށް ދިއްގަރު ދާއިރާހެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޗެއަރޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ވާދަވެރިކަން ބޮޑުވެފައިވާ އިންތިޚާބާއި ގުޅޭގޮތުން އިކްރާމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެމްޑީޕީ ސަރުކާރު ދެމެހެއްޓި، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވޭނީ ފައްޔާޒްއަށް ވޯޓް ދީގެންކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ދެކެނޑިޑޭޓުންވެސް އެންމެ ބޮޑަށް އިސްކަންދެނީ އާންމު މެމްބަރުންނާއި ބައްދަލު ކުރުމަށެެވެ. އެގޮތުން ރަށްރަށަށް ގޮސް އާންމު މެމްބަރުންނާއި ބައްދަލުކޮށް ވޯޓު ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދެކެނޑިޑޭޓުންގެވެސް އަޒުމަކީ އިންތިޚާބުގެ ވޯޓުލުމުގެ ކުރިން ރާއްޖޭގެ ހުރިިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެމްބަރުންނާއި ހަމައަށް ގޮސް ކެމްޕެއިން ކުރުމެވެ. މިޓާގެޓަށް ވާސިލްވުމަށް ކުުރިއަށް އޮތީ މަދު ދުވަސްތަކަކަށް ވުމުން ދަތުރުތައް އިތުރަށް ބާރުބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ވާދަވެރި އަދި ފޯރިގަދަވާނެ އިންތިޚާބެއްކަމަށް ބެލެވެއެވެ

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސައުފާ
ކަލޯ އެމްޑީޕީއައްނަަިނަމަ އެމްްީޕީ އޮތީހީއެގަތިގަޑަކައް ކިހާބޮޑު މުސިބާތެއް ކަލޯމެން ދޭ ބާގީޕާޓިއައް
ހ ހިލަބެ
މީސީދާ އިނގިރޭސިއެއް އިނގިރޭސިބަސްކުރިއަރުވަންމަސައްކަތްކުރާ ބޭފުޅެއް ދިވެހިބަހުން ރަނގަޅަށް ލިޔަންކިޔަންނޭގުމަކީ ދިވެހިބަހުގެ މައްސަލައެއްނޫން އެކޮއި ރަނގަޅަށް ދިވެހިބަސްވެސް އުނގެނިބަލޭނިކަން އެބަހުގެފޮނިމީރުކަންޗަކޮޔަށްވެސް އެނގޭނީއޭރުންނޭ ...