ފާތުންގެ ކެމްޕެއިންގައި، މޭޔަރާއި، ކައުންސިލަރުންނާއިއެކު ވިލިމާލޭގައި ދޮރުން ދޮރަށް

ފާތުންގެ ކެމްޕެއިންގައި، މޭޔަރާއި، ކައުންސިލަރުންނާއިއެކު ވިލިމާލޭގައި ދޮރުން ދޮރަށް

Author
މުޙައްމަދު ޝަޒައިމް
07 މެއި 2022 05:56
0

މާލެ ސިޓީ ކައުންސިލް މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއި، ގިނަ އަދަދެއްގެ ޕީޕީއެމް ކައުންސިލަރުން ހިމެނޭހެން ވިލިމާލޭގެ ހުސްވެފައިވާ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް ވާދަކުރާ އެޕާޓީގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާގެ ކެމްޕެއިން ބޮޑު އިވެންޓެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު މިވެންޓު ފެށުމުގެ ކުރިން އެދާއިރާގެ ޕީޕީއެމް ކައުންސިލަރު ނަހުލާ ވަނީ އޭނާ ވލިމާލެއަށް ނާރަން އަންގާފައިވާކަމަށެވެ. ނަމަވެސް އޭނާއަށް އެކަން އެންގީ ކާކުކަމެއް ބުނެފައި ނުވެއެވެ. ނަހުލާއާއި ނުލައި ކުރިއަށް ގެންދިޔަ މިކެމްޕެއިން ހަރަކާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ކެމްޕެއިންގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމެވެ. މިހަރަކާތުގައި ގިނަ ގޭގެއަށް ވަދެ ހުރި ކަންބޮޑުވުންތައް ވަނީ އޮޅުން ފިލުވާފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނަޑައަޅާފައިވާ ތާރީޚަކީ މިމަހުގެ 14 ވަނަ ދުވަހެވެ. މިއިންތިޚާބު އޮންނަ ދުވަހު އެމްޑީޕީ ޗެއާޕާސަން އިންތިޚާބުވެސް ކުރިއަށް ދާނެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.