ޢުމްރާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
07 މެއި 2022 10:05
0

ޢުމްރާއަށް ދިޔަ ދިވެއްސަކު އަނެއްކާވެސް ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޒަމް ޒަމް ހައްޖު ޓްރެވެލްސް ގްރޫޕުގެ ހަވާލުގައި ޢުމްރާއަށް ގޮސް ހުރި އުމުރުން 71 އަހަރުގެ ސަޢީދު ޔޫސުފް ކިޔާ މީހެކެވެ.

އެ ގްރޫޕުގެ ޙަވާލުގައި ސަޢީދު ޔޫސުފް ޢުމްރާއަށް ގޮސްފައިވަނީ މިދިޔަ ރަމަޟާންމަހުގެ ތެރޭގައެވެ. ސަޢީދު ޔޫސުފް ނިޔާވީ، އޭނާގެ ޙާލު ދެރަވެ، މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް މިއަދުގެ ވަގުތެއްގައިކަމަށް ޒަމްޒަމް ގްރޫޕުން ވަނީ ހާމަކޮށްފައެވެ.

ޢުމްރާގެ އަޅުކަމަށްދިޔަ ދިވެއްސަކު މިދިޔަމަހުގެ 27 ވަނަ ދުވަހުވެސް ވަނީ ނިޔާވެފައެވެ. އެދުވަހު ނިޔާވީ ބ. އޭދަފުށީ މާބަގީޗާގޭ، އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަނެވެ. އޭނާގެ ނިޔާވީ ފަތިސްނަމާދު ނިންމުމުމަށްފަހު އެނބުރި ހޮޓަލަށް އައި ފަހުންނެވެ. އަދި އޭނާގެ މަރަކީ ކުއްލި މަރެއްކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.