މިނިވަން ނޫސްވެރިކަމެއް ކުރުމަށް ދައުލަތުން އެއްބާރުލުން ދިނުމަށް ނާޒިމް ގޮވާލައްވައިފި

މިނިވަން ނޫސްވެރިކަމެއް ކުރުމަށް ދައުލަތުން އެއްބާރުލުން ދިނުމަށް ނާޒިމް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
03 މެއި 2022 03:13
0

މިނިވަން އަދި މުޖުތަމައުއަށް ބޭނުންތެރި ނޫސްވެރިކަމެއް ކުރުމަށް ދައުލަތުން އެއްބާރުލުން ދޭންޖެހޭކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ދުވަހުގެ ހެޔޮއެދުންތައް ނޫސްވެރިންނާއި ނޫސް އިދާރާ ތަކުގެ ވެރިންނަށް އަދާކުރަމުން ނާޒިމް ވިދާޅުވީ، މިނިވަން އަދި މުޖުތަމައުއަށް ބޭނުންތެރި ނޫސްވެރިކަމެއް ކުރުމަށް ދައުލަތުން އެއްބާރުލުން ދޭންޖެހޭކަމަށެވެ. އަދި އީޖާދީ ބަދަލުތައް ނޫސްވެރިކަމަށް އައުމަށް އެދޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާއިރު ދުވަހާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވި ޚިޠާބުގައި ވަނީ ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އެމަނިކުފާނު އުފާކުރައްވާކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާޙައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު ނޫސްވެރިންގެ ވާޖިބު އަދާކޮށް،، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަޤީޤަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެއްކަމަށްވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.