ޕީޕީއެމް އޮފީހުގައި ހަރުކުރި އިންޑިއާ އައުޓު ބެނަރ އަނެއްކާވެސް ފުލުހުން ނަގައިފި

ޕީޕީއެމް އޮފީހުގައި ހަރުކުރި އިންޑިއާ އައުޓު ބެނަރ އަނެއްކާވެސް ފުލުހުން ނަގައިފި

Author
ހުސެއިން
02 މެއި 2022 05:49
0

އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެޕްޕޭންގެ ދަށުން، ޕީޕީއެމް އޮފީހުގައި ދެމި ދެވަނަ ބެނަރވެސް، ރޭގެ ދަންވަރުގެ ވަގުތުގައި ފުލުން ނަގައިފިއެވ.

ޕީޕީއެމް އޮފީހުގައި ހަރުކުރި ދެވަނަ ބެނާވެސް ފުލުހުން ނަގާފައިވަނީ ކޯޓު އަމުގެއްގެ ދަށުންނެވެ. އަދި ފުލުހުން ޕީޕިއެމް އޮފިސް ހިންގާ އިމާރާތަށް ވަދެ ބެނަރ ނަގާފައިވަނީ ރޭ މެންދަމުން އަލިވެ 03:30 ހާއިރުއެވެ. ކޯޓު އަމުރު ނެރެފައިވަނީ ރޭ 23:30ގައެވެ.

ޕިޕީއެމް އޮފީސް ސަރަހައްދުގައި ދަމާފައިވާ އިންޑިއާ އައުޓު ބެނަރ ނެގުމަށް ރޭ, ފުލުހުން ހަރަކާތްތެރިވަނީ
ޕީޕީއެމް އޮފީހުގައި ހަރުކޮށްފައިވާ ދެވަނަ އިންޑިއާ އައުޓް ބެނާ ނެގުމުގެ މަސައްކަތް ފުލުހުން ކުރާތީ އެތަނަށް އެއްވެފައި ތިބި މީހުން، ފޮޓޯ: ދިޔަރެސް

އިދިކޮޅު ޕީޕީއެމްގެ އިންޑިއާ އައުޓު ހަރަކާތް ރައީސް ސާލިހުގެ ރިޔާސީ ގަރާރަކުން މަނާކުރި ފަހުން، މާލޭގެ އެކި ސަރަހައްދުތަކުގައި ދަމަމުންދާ އިންޑިއާ އައުޓު ބެނަރތައް ފުލުހުން ދަނީ ނަގަމުންނެވެ. އަދި މި ގަރާރަށްފަހު ބެނާރތައް ދަމަމުންދަނީ އިންޑިއާގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެންކަން ފާހަގަ ކޮށްލެވެއެވެ. އަދި ޕީޕީއެމް އޮފީހުގައި އެންމެފަހުން ދެމި އިންޑިއާ އައުޓު ބެނަރގައި އިންޑިއާ އައުޓު ރަމްޒު ކޮށްފައިވަނީ، އިންޑިއާ ދިދައިގެ ކުލަތަކާއި ޑިޒައިން ރަމްޒު ކޮށްދޭގޮތަށް، އިނގިރޭސި ބަހުން "އައުޓު" ލިޔެގެންނެވެ.

ރައީސްގެ ގަރާރަކުން އިންޑިއާ އައުޓުގެ ހަރަކާތް މަނާ ކޮށްފައިވަނީ، ފާއިތުވެދިޔަ މަހުގެ ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓުގެ ބޮޑު ބެނާރއެއް ދެމުމާއި ގުޅިގެން، އިންޑިއާއުޓު ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތުން މަނާކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށްވެސް ފުލުހުން އަންގާފައި ވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.

އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.

މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.