ޓީޗަރުންގެ މުސާރަ މިހާރު 20،000އަށް ވުރެ ބޮޑުވާނެ: ޢަމީރު

ޓީޗަރުންގެ މުސާރަ މިހާރު 20،000އަށް ވުރެ ބޮޑުވާނެ: ޢަމީރު

Author
މުޙައްމަދު ޖިމީ
01 މެއި 2022 04:36
0

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއިރު އެކު، ގިނަ ޓީޗަރުންގެ މުސާރަ 20،000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންގެ ކަމަށެވެ. އެގޮތުން މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް މިގެންނަ ބަދަލާއެކު 20026 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. މިއީ 50 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ދަށް ރޭންކުގެ ޓީޗަރަށް މުސާރައިގެ ގޮތުގައި ކުރިން 10375 ރުފިޔާ ލިބޭއިރު، މިހާރު މުސާރަ ވަނީ 22 އިންސައްތައަށް އިތުރުކޮށް، 12621 ރުފިޔާއަށް ބޮޑުވާނެއެވެ. އެންމެ މަތީ ރޭންކު ކަމުގައިވާ ރޭންކު 5 އިންސައްތައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 24،879 ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުން

1- ޑިޕްލޮމާ ޓީޗަރަކަށް މިހާރު 10375ރ. ލިބޭއިރު މި ބަދަލާ އެކު ޑިޕްލޮމާ ޓީޗަރެއްގެ މުސާރަ 12621 ރުފިޔާއަށް ބޮޑުވެއެވެ.
2- ޑިގްރީ ޓީޗަރަކަށް މިހާރު 12398ރ ލިބޭ އިރު މި ބަދަލާއެކު ޑިގްރީ ޓީޗަރެއްގެ މުސާރަ 18656 ރުފިޔާއަށް ބޮޑުވެއެވެ.
3- މާސްޓާސް ޓީޗަރަކަށް މިހާރު 14436ރ. ލިބޭ އިތރު މި ބަދަލާއެކު މާސްޓާސް ޓީޗަރެއްގެ މުސާރަ 20،026 ރުފިޔާއަށް ބޮޑުވެއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި، އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލުންނަށްވެސް މުސާރައިގެ ގޮތުގައި 29،445 ރުފިޔާ ލިބިގެންދާނެ ކަމަށާއި މިއީ ކުރިން ލިބެމުން އައި މުސާރަ ކަމުގައިވާ 16214 ރުފިޔާ އާއި އަޅާ ބަލާއިރު 82 އިންސައްތަ އިތުރު އަދަދެކެވެ.

2 ވަނަ ރޭންކުގެ ޕްރިންސިޕަލްގެ މުސާރަ 31،816 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު އެންމެ މަތީ ރޭންކުގެ ޕްރިންސިޕަލަކަށް މުސާރައިގެ ގޮތުގައި 34،103 ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރިންސިޕަލުން

1- ރޭންކް 1ގައި ހިމެނެނީ 127 ޕަރިންސިޕަލް- މިހާރު ލިބެނީ 16214ރ. މި ބަދަލާ އެކު 29445ރ އަށް ބަދަލުވެއެވެ. އެއީ 82 ޕަސެންޓުގެ ކުރިއެރުމެކެވެ.
2- ރޭންކް 2ގައި ހިމެނެނީ 48 ޕްރިންސިޕަލް: މިހާރު ލިބެނީ 20،049ރ. މި ބަދަލާ އެކު 31816ރ އަށް ބަދަލުވެ އެވެ. އެއީ 59 ޕަސެންޓުގެ ކުރިއެރުމެކެވެ.
3-ރޭންކަ 3ގައި ހިމެނޭ އެއްވެސް ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34103ރ. ލިބޭނެ އެވެ.

މީގެ އިތުރުން ސްކޫލުގެ އާބާދީއަށްބަލާ ޕްރިންސިޕަލުންނަށް އިތުރު އެލަވެންސެއް ލިބެ އެވެ. އެއީ 1000ރ އިން ފެށިގެން 5000ރ. އާ ދެމެދުގެ އެލަވެންސެކެވެ.

ޑެޕިއުޓީ ޕްރިންސިޕަލުން

1- ރޭންކް 1 ގައި ހިމެނޭ 5 ޑެޕިއުޓީ ޕަރިންސިޕަލް: މިހާރު ލިބެނީ 12547ރ. މި ބަދަލާ އެކު 22273ރ އަށް ބަދަލުވެއެވެ. އެއީ 78 ޕަސެންޓުގެ ކުރިއެރުމެކެވެ.
2- ރޭންކް 2ގައި ހިމެނޭ 44 ޑެޕިއުޓީ ޕްރިންސިޕަލް: މިހާރު ލިބެނީ 16،158ރ. މި ބަދަލާ އެކު 24941ރ އަށް ބަދަލުވެއެވެ. އެއީ 54 ޕަސެންޓުގެ ކުރިއެރުމެކެވެ.
3- ރޭންކަ 3ގައި ހިމެނޭ އެއްވެސް ޑެޕިއުޓީ ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 27590ރ ލިބޭނެއެވެ.
4- އައު އޮނިގަނޑުގައި ރޭންކް 4 ހިމެނޭއިރު، ރޭންކް 4ގައި ހިމެނޭ ޓީޗަރަކަށް 23277 ރުފިޔާ ލިބޭނެއެވެ.
5- ރޭންކު 5 ގައި ހިމެނޭ ޓީޗަރަކަށް 25988 ރުފިޔާ ލިބޭނެއެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32218 ރުފިޔާގެ މުސާރައެއް ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.