ދްރިޝްޔަމް-2ގެ ޓީމާ އަކްޝޭ ކަންނާ ގުޅިއްޖެ

ދްރިޝްޔަމް-2ގެ ޓީމާ އަކްޝޭ ކަންނާ ގުޅިއްޖެ

Author
ފާތިމަތު ނާވީ
02 މެއި 2022 08:15
0

މީގެ 6 އަހަރު ކުރިން ގެނެސްދިން އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމް "ދްރިޝްޔަމް"ގެ ދެވަނަ ބައިގެ މަސައްކަތް އަންނަނީ ބާރު ސުޕީޑުގައި ކުރަމުންނެވެ.

ކުރީގެ މަގުބޫލު ތަރި އަކްޝޭ ކަންނާ "ދުރިޝަމް 2″އަށް ސޮއިކުރިކަން ތަބޫ ވަނީ ކަށަވަރު ކޮއްދީފައެވެ. އަކްޝޭ މިހާރު އާންމުކޮށް ފިލްމުތަކުން ފެންނަނީ ވަރަށް މަދުން އަދި ސަޕޯޓިން ރޯލު ތަކުންނެވެ.

 

View this post on Instagram

 

A post shared by Tabu (@tabutiful)

މީގެ ކުރިން އަޖޭއާއި އަކްޝޭ ވަނީ އެކުގައި މަސައްކަތް ކޮށްފައެވެ. އެއީ 2002 ގެ "ދީވާންގީ" އެވެ.

"ދްރިޝްޔަމް" އަކީ 2020 ގައި މަރުވި ޑައިރެކްޓަރު ނިޝިކާންތު ކަމަތު ގެނެސްދިން ވަރަށް ކާމިޔާބު ތުރިލާއެކެވެ. އެ ފިލްމަކީ 2013 ގައި ހަމަ އެ ނަމުގައި ގެނެސްދިން މަލަޔާލަމް ފިލްމެއްގެ ރިމޭކެކެވެ.

2015ގެ "ދުރިޝްޔަމް" ގެ ކާސްޓްގައި ހިމެނެނީ އަޖޭ އާއި ތަބޫގެ އިތުރުން ޝްރިޔާ ޝަރަން، އިޝިތާ ދައްތާ، ރިޝަބް ޗައްދާ އަދި މުރްނާލް ޖާދަވް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.