ޝާހިދުގެ ފަހަތުގައި އިނީ ފިރިހެން ކުއްޖެއް: ޖެންޑަރ

ޝާހިދުގެ ފަހަތުގައި އިނީ ފިރިހެން ކުއްޖެއް: ޖެންޑަރ

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2022 09:28
0

އެމެރިކާގެ ނިއުޔޯކްގައި ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގައި އެމަނިކުފާނުގެ ފަހަތުގައި އިން ކުއްޖަކީ ފިރިހެން ކުއްޖެއްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ހުތުބާ އަޑުއެހުމަށާއި ޖަމާއަތުގައި ހުކުރު ނަމާދުގައި ބައިވެރިވުމަށް ގޮސް ހުރީ ދިވެހި އަންހެން ކުއްޖަކު ކަމަށް ބުނެ، މީސްމީޑިއާގައި ދަނީ ތަފާތު އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ޓުވިޓާގައި ހިޔާލު ފާޅުކުރި އެކަކު ވަނީ "އަންހެން ކުދިން ވެސް ހުކުރު ނަމާދު ކުރަން ފެށީތޯ؟" މި ސުވާލުކޮށްފައެވެ.

އާންމު ކުރި ފޮޓޯތަކުގައި ޝާހިދުގެ ފަހަތުން ކުރީ ސަފުގައި ކުޑަ ކުއްޖަކު ފެނެއެވެ. އެއީ އިސްތަށިގަނޑު ދިގުކޮށްފައި ހުރި ކުއްޖެކެވެ.

އެ ވާހަކަތައް ފެތުރެމުންދާތީ ޖެންޑާ މިނިސްޓްރީން ބުނީ އދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފުރަތަމަ ސަފުގައި ހުރީ ފިރިހެން ކުއްޖެއް ކަމަށެވެ. އެއީ އދ އަށް ފޮނުވާފައިވާ ޑިޕްލޮމޭޓެއްގެ ބޭފުޅެއް ކަމަށްވެސް ވަނީ ބުނެފައެވެ. އދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފުރަތަމަ ސަފުގައި ހުރީ ތިލްމީޒާ ހުސައިންގެ ދަރިކަލެކެވެ.

އދ. ގެ މައި މަރުކަޒުގައި ކުރި ހުކުރު ހުތުބާގައި ޝާހިދު ވިދާޅުވީ ލީޑަރެއްގެ އެންމެ މުހިއްމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މާފު ކުރުމާއެކު ކުރިމަގަށް ވިސްނާ އަނެކުންގެ މައްޗަށް ރަހުމު ކުރުމުގެ ގާބިލްކަން މީހާގެ ކިބައިގައި ހުރުން ކަމަށެވެ. ހާއްސަކޮށް ތިމާއާ ދެކޮށް ނޭއްގާނި އަމަލުތައް ހިންފައިވާ މީހުންނާއި މެދު ހިތްތިރި ކުރުން ކަމަށް ވިދާޅުވިއެވެ.

ހަމަނުޖެހުން އުފައްދައި ސުލްހަ މަސަލަސްކަން ނަގާލާ މީހާ އެ ތަބާ ވަނީ އޭނާގެ ހަވާ ނަފްސައްކަމަށާއި އެފަދަ ހާލުގައި އެމީހަކަށް މި ދުނިޔެ މަތީގައިވެސް އަދި އާހިރަތުގައިވެސް އަމާންކަމެއް ނުލިބޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ފުށުން މީހުންނަށް ފުރައްސާރަ ކުރިމަތިވެ އެހެން މީހުންގެ ހައްގަށް އަރައިގަންނަ ހިނދު މާތް ރަސްކަލާންގެ ހަޟްރަތުން ހިތްހަމަޖެހުމަކަށް އުންމީދުކޮށްގެން ނުވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުނާފިގްސް
ދެކޮޅުވެރިކަމުގަ ދައްކާނެވާހަކަ ހުސްވީމަވާނެ ތިކަހަލަގޮތްތައްވެސް.. ހަގީގަތް ބަލާނުލާ ހީއަކައް އެމީހަކުބޭނުން ވާހަކައެއް ފަތުރާލަންވީ.. އެހުކުރުނަމާދުކުރީ މުސްލިމުން. ވީއިރު އެމެރިކާގަ ކުރިއަސް ދީނުގަ އެކަމެއްއޮންނަ ގޮތެއްގެމަތީން ކަންކަންކުރާނީ.. ދެކޮޅުވެރިކަމުގެވާހަކަ ހުސްވީމަ މިރޯފަމަހު ކޮންމެވެސް ދީނީ ކަމަކާއުޅުން ބުއްދިވެރިވާނެ...