އިދިކޮޅުގެ ޚާއްސަ ޖަލްސާއެއް މިރޭ މާވަށުގައި ބާއްވަނީ

އިދިކޮޅުގެ ޚާއްސަ ޖަލްސާއެއް މިރޭ މާވަށުގައި ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2020 01:40
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "މީ މަގޭރާއްޖެ" ނަމުގައި ޚާއްސަ ޖަލްސާއެއް މިރޭ ލ.މާވަށުގައި ބާއްވަން ނިންމައިފިއެވެ.

މިރޭ މާވަށުގައި ބާއްވާ މިޖަލްސާއަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުންނާއި، ޤައުމުގެ މިހާރުގެ ހާލަތު އޮތްގޮތް ހާމަކޮށްދިނުމަށް ބާއްވާ ޖަލްސާއެއްކަމަށް އެކޯލިޝަނުން ބުނެއެވެ. ކޯވިޑް19 އާއި ގުޅިގެން ދަތުރުފަރު ކުރުމަށް އޮތް ހުރަސްތަކާއިއެކު މިރޭ މާވަށުގައި ބާއްވާ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ޕީޕީއެމްއަށް ބޮޑުތާއީދެއް އޮންނަ މާވަށަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ގިނަ ތަރައްޤީގެ މަސައްކަތް ކުރެވިފައިވާ ރަށެކެވެ. ނަމަވެސް ވެރިކަން ނިމުމަށްފަހު މިސަރުކާރުން އެރަށާއިމެދު އަޅާނުލާކަަށްބުނެ އެރަށުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

ކައުންސިލް އިންތިޚާބް އަންނަ އަހަރުގެ މާރޗް މަހުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ ކުންފުނިތަކާއި ވަޒީރުން ދަނީ އަތޮޅުތެރައަށް ދަތުރުކޮށް ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލާގައި އެޖާގަ ތަނަސް ކޮށްދިނުމަށް އިދިކޮޅުންވަނީ އިލްކެޝަން ކޮމިޝަންގައިވެސް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.