ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު 85 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އިހަވަންދޫ ބަނދަރަކީ މުޅި ހއ.އަތޮޅުންވެސް އެންމެ ބާރުބޮޑު އެެއް ބަނދަރެވެ. އިހަވަންދޫއަކީ މަސްވެރި ރަށަކައްވެފައި މަސްވެރިކަންކުރާ ބޮޑެތި އޮޑިފަހަރާއި މާލެ ދަތުރުކުރާ ބޮޑެތި ބޯޓުފަހަރާއި ލޯންޗު އަދި ކުޑަ ޑިންގީން ތަކުން ބަނދަރު އޮންނަނީ ފުރި ބާރުވެފައެވެ. އިހަވަންދޫގެ ބަނދަރަކީ އުތުރުގެ ގިނަ މަސްވެރިން ދޯނިތަކަށް އައިސް އެޅުމަށްވެސް ބޭނުން ކުރާ ބަނދަރެކެވެ.
ބަނދަރުގެ މަސައްކަތް ނިމިފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯތަކެއް އެމްޓީސީސީން ވަނީ ހިއްސާކޮށްފައެވެ. މި ފޮޓޯތަކުން އައު ބަނދަރާއިއެކު ރަށުގެ މަލަ މައްޗަށް އައިސްފައިވާ ނަލަކަން ދަނީ ފެންނަމުންނެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާއިރު، އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 90 ޕަސެންޓް ވަނީ ނިމިފައެވެ.
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 90 ޕަސެންޓް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/eZ4cImv3PA
— MTCC Plc (@MTCCPlc) April 28, 2022
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ދަށުން 30509 އަކަމީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މިމަޝްރޫއަކީ 48.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ