މިފަހަރު ރިތިކާއެކު މޯނީ!

މިފަހަރު ރިތިކާއެކު މޯނީ!

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2022 05:51
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރިތިކް ރޯޝަނާއި މޯނީ ރޯއީ އެކުގައި ފެނިގެންދާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މި ފޮޓޯއަކީ މޯނީ އަދި ރިތިކް އެކުގައި ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ. މިދެތަރިން އެކުގައި ކުޅެނީ އިޝްތިހާރެކެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)


މޯނީ ވަނީ ރިތިކާ އެކުގައި ނެދަލޭންޑްގެ އެމްސްޓެޑަމްގައި ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ކަޅުކުލައިގެ އައުޓް ފިޓްގައި ދެމީހުން ނެގި ސެލްފީި ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވައިރަލް ވެފައެވެ. މިއީ މޯނީ ކައިވެނި ކުރިފަހުން އަލުން މަސައްކަތަށް އެނބުރި އައުން ކަމަށް ޚަބަރުތައް ބުނެއެވެ. މޯނީއާއި، ދުބާއީގައި ދިިރިއުޅޭ ވިޔަފާރި ވެރިއެއް ކަމުގައިވާ ސޫރަޖް ނަމްބިއާ ކައިވެނި ކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ގޯއާގައެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)


މޯނީ އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ އާލިއާ ބަޓާއި ރަންބީރުގެ އަލަތު ފިލްމު "ބްރަމަސްތުރަ" އެވެ.
ރިތިކްގެ ކުރިއަށް އޮތް ފިލްމަކީ ދީޕިކާ ޕަޑްކޯން އާއެކު ކުޅޭ ފުރަތަމަ ފިލްމު "ފައިޓާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.