މޫސުން ގޯސްވެ، ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
27 އޭޕްރިލް 2022 10:22
0

މޫސުން ގޯސްވެ، މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ. މި އެލާޓް މެޓް އޮފީހުން ނެރެފައިވަނީ މިރޭ 20:00 އިން ފެށިގެން 00:00 އާއި ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޔެލޯ އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެ އިދާރާއިން އެންމެފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ގުގުރުން އެކަށީގެންވެއެވެ. ވަކިން ޚާއްސަކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.