ބޮންޑެގެ އިންޒާރެއް: ދިވެހި ބަހާ ސަރުކާރު މެމްބަރުން ކުޅެން ނޫޅޭތި، ހަބަރުދާރު!

ބޮންޑެގެ އިންޒާރެއް: ދިވެހި ބަހާ ސަރުކާރު މެމްބަރުން ކުޅެން ނޫޅޭތި، ހަބަރުދާރު!

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2022 07:07
0

ދިވެހި ބަހާ ސަރުކާރު މެމްބަރުން ކުޅެން ނޫޅުމަށް ގޮވާލާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އިންޒާރު ދެއްވައިފިއެވެ. ބޮންޑެ މިހެން މި ވިދާޅުވީ ރާއްޖޭގެ ރަސްމީ ބަހަކަށް ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސި ބަސް ހަދައިފި ނަމަ ރާއްޖޭގެ ތަރައްގީއަށް ފައިދާ ބޮޑުވާނެ ކަމަށް، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވުމާއި ގުޅިގެންނެވެ. އިކްރާމްގެ މި ވާހަކަތަކަށް ދިވެހި ބަހުގެ އުސްތާޒުންނާއި ބައެއް ހެން ފަރާތްތަކުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.

އިކްރާމްގެ ވާހަކަތަކަށް ފާޑުވިދާޅުވެ ބޮންޑެ ވިދާޅުވީ، ރަސްމީ ބަހަކަށް ފަރަންޖީ ބަހެއް ހަދައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެކަމަށާއި، ލިބޭނީ ނިކަމެތިކަންކަމަށެވެ. އޭނާ ވަނީ ދިވެހި ބަހާ ސަރުކާރު މެމްބަރުން ކުޅެން ނޫޅުމަށް ގޮވާލައްވާފައެވެ.

ރަސްމީ ބަހަކަށް ފަރަންޖީ ބަހެއް ހަދައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ .ލިބޭނީ ނިކަމެތިކަމެވެ. ދިވެހި ބަހާ ސަރުކާރު މެމްބަރުން ކުޅެން ނޫޅޭތި. ހަބަރުދާރު !

– މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

އިނގިރޭސި ބަހުގެ ދުވަހާ ގުޅުވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓުވީޓު ކުރެއްވި ވީޑިއޯ މެސެޖަކާ ގުޅިގެން އިކްރާމް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ހިނގަނީ ވަރަށް ބޮޑަށް އިނގިރޭސި ބަހަށް ބަރޯސާވެގެން ކަމަށް ވާތީ، ރަސްމީ ބަހަކަށް ވެސް އިނގިރޭސި ބަސް ހެދުމުން ފައިދާ ބޮޑުވާނެ ކަމަށެވެ.

އިކްރާމް ވިދާޅުވީ ރަސްމީ ބަސް ބަދަލުކުރަންވާނީ "ރާއްޖޭގައި ދިވެހި ބަހަށް ކުރާ އިހްތިރާމަށް ނިކަމެތިކަން ނާންނަ ގޮތަށް" ކަމަށެވެ.

ދިވެހި ބަހާއި ސަރުކާރު މެންބަރުން ކުޅެއް ނޫޅުމަށް ބޮންޑެ ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތަޢީދުކުރައްވާ މެންބަރުންނާއި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތަޢީދުކުރައްވާ މެންބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ބޮންޑެ އަކީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. އަދި އިކްރާމަކީ ރައީސް ޞާލިޙްގެ ފެކްޝަނުގެ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުޖުތާޒް
ބޮންޑެގެ ވާހަކަޔަށް 100 ޕަސެންޓް ތާއީދު ކުރަން ބޮންޑެނޫނީ އަގައިން އެއްޗެއްބުނަންކެރޭ މީހަކު ތިމަޖިލީހަކު ނޫޅޭ