ހީރޯޕަންތީ 2ގެ އައު ޓްރެއިލާ ބަލައިފިންތަ؟

ހީރޯޕަންތީ 2ގެ އައު ޓްރެއިލާ ބަލައިފިންތަ؟

ޓައިގާ ޝްރޮފްގެ ކުރިއަށް އޮތް ފިލްމް "ހީރޯޕަންތީ 2″ ގެ އައު ޓްރެއިލާ އެއް ދައްކާލައިފިއެވެ.

މާޗް މަހުގައި އާންމުކުރި ޓްރެއިލާއާ އެއްގޮތަށް ދެވަނަ ޓްރެއިލާގައި ވެސް ވަރުގަދަ އެކްޝަން މަންޒަރު ތަކެއް ފެނެއެވެ.

މި ފިލްމުގައި ޓައިގާ ޝްރޮފްއާ އެކުގައި ލީޑުން ފެނިގެން ދާނީ ތާރާ ސުތާރިއާއެވެ. އަދި ނަވާޒުއްދީން ވިލަން އެއްގެ ގޮތުގައި ފިލްމުން ފެނިގެންދާއިރު މިއީ ވަރުގަދަ އެކްޝަން ފިލްމެކެވެ.

ދެ މިނެޓާއި 20 ސިކުންތުގެ ޓްރެއިލާގައި މައިގަނޑު ގޮތެއްގައި ފެންނަނީ ލައިލާ (ވަނާޒުއްދީން) ހިންގާ ބޮޑު ސައިބާ ކްރައިމަކުން ގައުމު ސަލާމަތްކުރުމަށް ބަބްލޫ (ޓައިގާ) ކުރާ މަަސައްކަތްތަކެކެވެ.

"ހީރޯޕަންތީ 2″ އަކީ ޓައިގާ 2014 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ"ގެ ސީކުއަލްއެކެވެ. ފިލްމު ސިނަމާތަކުގައި އަޅުވާނީ ފިތުރު ޢީދާ ދިމާކޮށް މި މަހު 29 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *