ކޭޖީއެފްގެ ތަރި ޔަޝް ބޮލާއި ތުނބުޅި ކޮށާލައިފި

ކޭޖީއެފްގެ ތަރި ޔަޝް ބޮލާއި ތުނބުޅި ކޮށާލައިފި

Author
ފާތިމަތު ނާވީ
25 އޭޕްރިލް 2022 01:38
0

"ކޭޖީއެފް" އިން ބޮޑު މަޝްހުރު ކަމެއް ހޯދާފައިވާ އެކްޓަރ ޔަޝް އޭގެ ދެ ވަނަބައި "ކޭޖީއެފް ޗެޕްޓަރު 2″ އަށް ފަހު އޭނާގެ ބޮޑު ތުނބުޅިއާއި އިސްތަށިގަނޑު ކޮށާލައިފިއެވެ.

އޭނާ މި ފިލްމުން ފެނިގެން ގޮސްފައިވަނި ބޮޑު ތުނބުޅިއަކާއި ދިގު އިސްތަށިގަނޑެއްގައެވެ. ނަމަވެސް އޭނާ ތުނބުޅިއާއި ބޯ ކޮށާލާ ވީޑިއޯއެއް މިހާރު ވަނި އާންމު ވެފައެވެ.

ނަމަވެސް މި ވީޑިއޯ އަކީ 2020 ވަނަ އަހަރުގެ ވީޑިއޯއެކެވެ. ނަމަވެސް މި ވީޑިއޯއިން ބޮޑު ތުނބުޅިއާއި ދިގު އިސްތަށިގަނޑާއި ނުލައި ޔަޝް ފެންނަ ގޮތުގެ ފޮޓޯތަކެއްވެސް ފެނިގެން ދެއެވެ.

"ކޭޖީއެފް"ގެ ފިލްމު ތަކާއެކު ޔަޝްގެ މަގުބޫލުކަން މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އަދި މިހާރު އިންޑިއާގެ ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ތަރިންގެ ލިސްޓުގައި އޭނާ ގުނާލެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.