ނައިބް ރައީސް މާލެ ވަޑައިގެންފި

ނައިބް ރައީސް މާލެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2022 09:07
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައްސިޓީއަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި އިޙްޔާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައެވެ. އަދި މިއަދު ހަވީރު އެމަނިކުފާނު ވަނީ ފުވައްމުލައް ސިޓީގައި ޢިމާރާތްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެންކަން ފާހަގަކުރައްވައި ރާއްޖޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން އެކަމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މިއަދު މެންދުރު އެމަނިކުފާނު ވަނީ އެ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ފުވައްމުލައްސިޓީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.