ރޯދަމަހުގެ މިހާތަނަށް މަސްޖިދުއްނަބަވީއަށް 14 މިލިއަން މީހުން ޒިޔާރަތްކޮށްފި

ރޯދަމަހުގެ މިހާތަނަށް މަސްޖިދުއްނަބަވީއަށް 14 މިލިއަން މީހުން ޒިޔާރަތްކޮށްފި

Author
ހުސެއިން
23 އޭޕްރިލް 2022 05:44
0

މި ރޯދަމަސް ފެށުނުފަހުން މިހާތަނަސް، މަދީނާގައި ހުންނަ މަސްޖިދުއްނަބަވީއަށް، 14 މިލިއަން މުސްލިމުން ޒިޔާރަތް ކޮށްފައިވާކަމަށް، ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ރިޕޯޓު ކޮށްފިއެވެ.

މަސްޖިދުއްނަބަވީގެ އެންމެހާ ކަންކަން ބަލަހައްޓާ މުވައްސަސާއިން ހާމަ ކޮށްފައިވާ ގޮތުގައި، ރޯދަމަހު އެންމެ ގިނައިން މިސްކިތަށް މުސްލިމުން ޒިޔާރަތްކުރާ ދުވަސްވަރުގެ އޮޕްރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމަށްޓަކާ، މިހާރު މަސައްކަތްކުރާ މުވައްޒަފުންގެ އިތުރަށް މުވައްޒިފުން އިތުރު ކުރުމުގެ ގޮތުން، އެހެން އޭޖެންސީޔަކުގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.

އަންޑަރ ޖެނެރަލް ފޯރ އެކްއެކެޓިވް އެންޑް ފީލްޑް އެފެއަރޒް އަބުދުލް އަޒީޒު އަލް ޔޫބީގެ އެޑްވައިޒަރާއި ހަވާލާދީ SPA އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިސްކިތަށް ޒިޔާރަތް ކުރަމުންދާ މުސްލިމުންނަށް އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، މިސްކިތުގައި މަސައްކަތް ކުރަމުންދާ ޓީމުތަކުން ދަނީ، 24 ގަޑިއިރު މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

ރޯދަމަހު، މުސްލިމުން ސައުދީ އަރަބިއާއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ދުވަސްވަރާއި ދިމާކޮށް، ސައުދީ ސަރުކާރުން ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފައިވާއިރު، ސައުދީ ހެލްތު މިނިސްޓްރީއާއި ހަވާލާދީ، SPAއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ އެއްވެސް ބަލިކަމެއް އަދި ފެތުރިގެން ގޮސްފައެއް ނުވެއެވެ.

މިނިސްޓަރ ފަހުދު އަލް ޖަލާޖިލް ވިދާޅުވެފައިވާ ގޮތުގައި، ސައުދީ އޮތޯރިޓީތަކުންނާއި، ހޮސްޕިޓަލްތަކުންނާއި، އެންމިއުލާންސް ޚިދުމަތްދޭ ފަރާތްތަކުންނާއި އަދި އޭގެ އިތުރުން، ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުތަކުންވެސް ދަނީ، އުމަރާއަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާ ފޯރުކޮށް ދެމުންނެވެ.

އަލް ޖަލާޖިލް ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ މިނިސްޓްރީންވަނީ އުމްރާއަށް ދާމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، 18،000 މީހުން އިތުރަށް ރެކްރޫޓް ކޮށްފައެވެ. މި އެޕްރީލްމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ހޮސްޕިޓަލްތަކުގެ އެމަޖެންސީ ސެންޓަރުތަކުންވަނީ، 7،200 އުމްރާވެރިންނަށް ޚިދުމަތް ދީފައެވެ. އަދި މީގެ އިތުރުން، 36 ސާޖަރީއެއް އިމަޖެންސީކޮށް ކޮށްފައިވާއިރު، 291 މީހަކަށް ޑައިލަސިސްގެ ޚިދުމަތް ފޯރުކޮށް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.