ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަމާޒު، ޝީޒާ އިންތިޚާބު ކުރަންވީ އެފުރުސަތު ހޯދަން: ނާޒިމް

ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަމާޒު، ޝީޒާ އިންތިޚާބު ކުރަންވީ އެފުރުސަތު ހޯދަން: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2022 10:41
0

ވިލިމާލޭ ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ތެރެއިން ހައްލު ގެންނަން ޖެހޭ މައްސަލަތައް އެގޭ، އެކަމުގެ ހައްލު ގެނެވޭނެ ކެނޑިޑޭޓަކީ އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އާމިނަތު ޝިޒާކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވާދަ ކުރައްވާ ޝީޒާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ވިލިމާލޭގައި ބޭއްވި ޚާއްސަ އިވެންޓުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޝިޒާއަކީ ވިލިގިލީގެ ކޮންމެ ރައްޔިތަކުވެސް ދަންނަ، ރައްޔިތުންނާއި ގުޅޭ ފަރިތަ މޫނެއްކަމަށެވެ.

ވިލިގިނލީގައި ކުރެވޭ ތަރައްޤީގެ ކަންކަމުގައިއާއި، އުމްރާނީ، އަދި އިޖުތިމާއި ކަންކަމުގައިވެސް ޝިޒާއަކީ އިސްނަގާ އަންހެނުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ކަނބަލެއްކަމަށެވެ. އެމްއެންޕީ ވުޖޫދުކުރީވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރުމަށް ކަމަށާއި، ވިލިމާލޭގެ ހުރި މައްސަލަތަކާއި ކުރިމަތިލެވޭނެ ގާބިލްކަން ހުރި ހަމައެކަނި ކެނޑިޑޭޓަކީ ޝީޒާކަމަށް ނާޒިމް ވިދާޅުވިއެެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކީވެސް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތަކެއް އެކުލެވޭ މަޤާމަކަށްވާއިރު، މިމަޤާމަށް އިންތިޚާބު ކުރާ ބޭފުޅަކީ އެޒިންމާތައް އަދާކުރެވޭނެ ބޭފުޅަކަށް ވާންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

ޝިޒާއަށްވުގެ ޤާބިލް ބޭފުޅެއްނެތް މިއިންތިޚާބުގައި ވާދަކޮށްފަ. ޝީޒާއަކީ ވިލިނގިލީގައި ކުރެވޭ ގިނަ ކަންކަމުގައި ހިއްސާ އޮތް ބޭފުޅެއް. އެއްވެސް އުޖޫރައެއް ނެތި މަސައްކަތް ކުރާ ހީވާގި ކަނބަލެއް. މިރަށު ސްކޫލާއި، ޒުވާނުންގެ ކަންކަމުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާ ކަނބަލަކީ ޝީޒާ.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާރު އޮތް ވެރިކަމުގައާއި، ނިމިދިޔަ ވެރިކަމުގައިވެސް ވިލިނގިއްޔަކީ ވަރަށް ބޮޑަށް އެކަހެރިކޮށްފައިވާ ތަނެއްކަމަށެވެ. މިހާރުވެސް ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު ސަރުކާރުން ވިލިނގިއްޔަށް ވެފައިވާ ވައުދުތައް ނުފުއްދައިގެން ކޮންމެ ދުވަހަކުވެސް ވުޒާރާތަކަށް ވަދެ ކުރާ މަސައްކަތަކީ ފާހަގަ ކޮށްލެވޭ މަސައްތެއްކަމަށް ނާޒިމް ވިދާޅުވިއެވެ. މެމްބަރު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސަރުކާރުން އިޖާބަ ނުދޭނަމަ އެއީ ސަރުކާރުން ރައްޔިތުންނާއިމެދު ވެވޭ ބޮޑު ބޭއިންސާފެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ވިލިމާލޭގައި ހުރި އަންހެން ކަނބަލުންގެ މައްސަލަތަކުގައިވެސް މިއަދު ބޭނުންވަނީ އަޑު އުފުލާނެ ހިތްވަރު ހުރި ކަނބަލެއް އިންތިޚާބު ކުރަން ކަމަށާއި، އެޤާބިލްކަމާއި ކެރުންތެރިކަން ހުރި ކެނޑިޑޭޓަކީ ޝީޒާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެމްއެންޕީން އެކި އިންތިޚާބުތަކުގައި ވާދަކުރަނީވެސް އެފުރުސަތު ހޯދުމަށް ކަމަށާއި، މިހާތަނަށް އެފުރުސަތު ތަނަވަސް ވެފައި ނުވަނީ އޮންނަ ސަރުކާރުގެ ނުފޫޒާއި އަދި ވާދަވެރި ފަރާތްތަކުގެ ނުރަނގަޅު އެޖެންޑާތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އެމްއެންޕީން ކޮންމެ މަސައްކަތެއްވެސް ކުރާނީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރެވެން އޮތް ކޮންމެ ފުރުސަތެއް ހޯދުމަށް އެމްއެންޕީން ގަދަ އަޅާ މަސައްކަތް ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.