ކައިވެންޏަށް ދެތިން ދުވަސް ނުވަނީސް އާލިއާ އާއި ރަންބީރު މަސައްކަތަށް

ކައިވެންޏަށް ދެތިން ދުވަސް ނުވަނީސް އާލިއާ އާއި ރަންބީރު މަސައްކަތަށް

Author
ފާތިމަތު ނާވީ
22 އޭޕްރިލް 2022 10:06
0

މިމަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރި އާލިއާ ބަޓާއި ރަންބީރު ކަޕޫރު އަލުން ފިލްމީ މަސައްކަތްތައް ފަށައިފިއެވެ.

ރަންބީރު ވަނީ ކައިވެނި ކުރިތާ 3 ވަނަ ދުވަހު މަސައްކަތުގައި ބައިވެރިވާން ފަށާފައެވެ. އަދި އާލިއާ ވަނީ ބުދަ ދުވަހު މަސައްކަތަށް އެނބުރި ނުކުމެފައެވެ.

ގިނަ ބަޔަކު އުންމީދު ކުރީ އާލިއާ އަދި ރަންބީރުވެސް ކައިވެންޏަށް ފަހު ހަނީމޫން ގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި މަސައްކަތަށް ނުކުންނާނެ ކަމަށެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކުރުމަށް ކުރިން ނިންމީ މި އަހަރުގެ ފަހުކޮޅަށެވެ. ނަމަވެސް އާލިއާގެ މަންމަ ފަރާތު ކާފަގެ އެދުމުގެ މަތިން ކައިވެނި އަވަސް ކުރީއެވެ. އެމީހުން ކައިވެނި ކުރީ ފިލްމީ މަސައްކަތްތަކެއްގެ މެދުތެރެއިން ކަމުގައި ވާތީ އެނބުރި މަސައްކަތަށް ދާން މަޖުބޫރު ވީއެވެ.

އާލިއާ މަސައްކަތް ކުރަމުން އަންނަނީ ކަރަން ޖޯހަރްގެ " ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގައި ރަންވީރު ސިންގް އާއެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަނާ
ކައިވެންޏަށް ތިންދުވަސް ނުވިޔަސް ދެމަފިރިން ގޮތަށް އެއްގެއެއްގަ އެއްކޮޓަރީގައި އެކީގާ އުޅޭތާ ފަސްއަހަރު. ދެން ކައިވެނި ކުރިޔަކަސް އާކަމެއް ނޯންނާނެތާ.