ސިލްސިލާ ޑްރާމާ ތަކުން ބެލުންތެރިންގެ ހިތް އަތުލާފައިވާ އެކްޓަރު ވިވިއަން ދެސޭނާ ކައިވެނި ކުރަން ތައްޔާރު ވެއްޖެއެވެ.
އޭނާ ކައިވެނި ކުރަނީ މިސްރުގެ ނޫސްވެރިއެއް ކަމުގައިވާ ނޮއުރަން އަލީއާއެވެ. އަދި މި ކައިވެނި ވަރަށް އަވަހަށް އޮންނާނެ ކަމަށް ވިވިއަން ބުނެއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިވިއަން ވަނީ ނޮއުރަންއާ ބައްދަލުވި ގޮތް ކިޔައިދީފައެވެ. އޭނާގެ އިންޓަވިއު އެއް ހޯދަން ނޮއުރަން ކުރި މަސައްކަތުން ދެމީހުން ބައްދަލުވެ ލޯބިވެވުނީ ކަމަށެވެ.
އަދި ދެމީހުން ބައްދަލުވީ ހަތަރު ވަރަކަށް އަހަރު ކުރިން ކަމަށާއި އޭނާއަށް ނޮއުރަން ދެކެ ވަރަށް ބޮޑަށް ލޯބި ވެވިފައި ވާކަމަށާއި ދެމީހުން މަޑުމަޑުން ވާހަކަ ދައްކަމުން ގޮސް ދެމީހުންގެ ގުޅުން ބަދަހި ވެފައި ވާކަަމަށާއި، މިހާރު އެދެމީހުން އެކަކު އަނެއްކަކު ދެކެ ވަރަށް ލޯބިވާކަމަށެވެ.
ވިވިއަން އެންމެ ފުރަތަމަ ފެނިގެން ދިޔަ ޑްރާމާއަކި "ކަސަމް ސޭ" އެވެ. ނަމަވެސް ބެލުންތެރިންގެ މެދުގައި އޭނާ މަޝްހޫރު ވެގެން ގޮސްފައިވަނީ "ޕިޔާރް ކީ ޔޭ އޭކް ކަހާނީ" އެވެ.
އެ ޑްރާމާއަކީ ވިވިއަންގެ ފުރަތަމަ އަނބިމީހާ ވަހްބިޒް ދޮރަބްޖީ ވެސް މުހިންމު ރޯލަކުން ފެނިގެން ދިޔަ ޑްރާމާއެކެވެ. އަދި އެދެމީހުން ލޯބީގެ ފެށުމަކީވެސް އެޑްރާމާއެވެ.
ދެމީހުން 2013 ގައި ކުރި ކައިވެނި ރޫޅުނީ 2017 ގައެވެ. ނަމަވެސް ގާނޫނީ ގޮތުން ދެމީހުން ވަކިވީ މިދިޔަ އަހަރުއެވެ. އެ ދެމީހުންނަކީ ވަރަށް ލޯބިން އުޅުން ޖޯޑެކެވެ. ނަމަވެސް މިހާތަނަށްވެސް ކައިވެނި ރޫޅެން ދިމާވި ސަބަބެއް ނޭނގެއެވެ.
ވިވިއަށްގެ މަޝްހޫރު ޑްރާމާ ތަކުގެ ތެރޭގައި "ޕިޔާރްކީ ޔޭ އޭކް ކަހާނީ" "މަދޫބަލާ" އަދި "ސަކްތީ" ފަދަ ޑްރާމާތައް ފާހަގަ ކޮށްލެވެއެވެ.
ވިވިއަން މިހާރު ފެނިގެންދާ ޑްރާމާ އަކީ "ސިރްފް ތުމް" އެވެ. މި ޑްރާމާވެސް އަންނަނީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދަމުންނެވެ. މި ޑްރާމާގެ ލީޑުން ވިވިއަން އާއެކު ފެނިގެން ދަނީ އީޝާ ސިންގެވެ.