ޤާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ފަށައިފި

ޤާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2022 11:46
0

ޤާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ މި ކެމްޕެއިނަކީ ބަންޑާރަ ނައިބް އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ޢާންމުން ހޭލުންތެރިކުރުމަށް ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު ޢާންމުންނަށް އޮޅުންފިލުވައިދިނުމެވެ.

ޢާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަޤްޞަދަކީ ޤާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންޞާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދިނުމެވެ.

މި ކެމްޕެއިން ކުރިއަށް ގެންދާނީ އޭޖީ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. މިގޮތުން، ޓްވިޓަރ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި މި ކެމްޕޭނު ކުރިއަށް ގެންދާނެއެވެ.

މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން އޭޖީ އޮފީހަށް ދެއްވަމުން ގެންދަވާ އެހީ އާއި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.