މިސަރުކާރުން ރާއްޖެއިން ބޭރުން ހޯދި ހުރިހާ ފައިސާއެއް ހޭދަކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަޅައި ނިންމާ ހުޅުވުމަށް މިސަރުކާރާއި ހަވާލު ކުރި ސަލްމާން މިސްކިތް ނިންމުމަށް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓުވަރިޒަމް ޤާނޫނަށް ގެންނަ އިސްލާހަށް ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ މިސަރުކާރުން ބޭރުގެ އެކި ފަރާތްތަކުން ހޯދި ފައިސާއަށް ހެދިގޮތް ރައްޔިތުންނަށް ހާމަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ޤާނޫނުތަކަށް އިސްލާހު ގެނެސް ރައްޔިތުންނާއި، ވިޔަފާރި ވެރިން އަތުން އިތުރު ފައިސާ ނެގުމަށް މަސައްކަތް ކުރާއިރު ހިލޭ ލިބުނު އެހީތަކަށް ވީގޮތް ސާފުވާންޖެހޭ ކަމަށެވެ.
ހުސެއިންގެ މިވާހަތަކާއި ގުޅިގެން ހުސެއިން ވިދާޅުވީ، ނިޒާމީ ނުކުތާ ނަންގަވައި ހުސެއިން ޝަހީމް ވިދާޅުވީ ސަރުކާރުން ހޯދި ހުރިހާ ފައިސާއެއް ހޭދަކުރީ ސަލްމާން މިސްކިތް އެޅުމަށް ކަމަށެވެ. މިސްކިތަށް ކުރަންޖެހުނު ޚަރަދަކީ މިދައުލަތުގެ ބަޖެޓަށް ވަން ހުރިހާ ޚަރަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހިލޭ ހޯދި ފައިސާތަކާއި އެއްޗިހިން ހަދަން މެޖިހުނީ ސަލްމާން މިސްކިތް. ސަލްމާން މިސްކިތް އަޅަން ސައުދީ ސަރުކާރުން ދިން ހުރިހާ ލާރި ކުރީސަރުކާރުގެ ކައްޕިތާނުގެ ކެއީ. ކައިގެން ބޮޑު ބިލްޑިންއެއް އަޅާފަ އެހެރީ. އަޅުގަނޑުމެން މިސަރުކާރުން ހިލޭ ހޯދި ހުރިހާ ފައިސާއެއް އެހެރީ ސަލްމާން މިސްކިތް ދައުލަތުގެ ބަޖެޓުންނާއިއެކު އަޅާނިންމާފަ.
– ހުސެއިން ވިދާޅުވިއެވެ.
ހުސެއިންގެ ވާހަކަތަކާއި ގުޅިގެން މަޖިލިސް ރައީސް ވަނީ މަޖާޒީ ގޮތެއްގައި ހުސެއިންއަށް ރައްދުވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ، ސަލްމާން މިސްކިތްވެސް ހުރީ ހެންވޭރުގައި ކަމަށްވުމުން މެމްބަރަށް އެތަން ފެންނަމުންދާ މިންވަރުވެސް ބޮޑުވާނެކަމަށެވެ.
ތަންވެސް ހުރީ ހެންވޭރުގައި. ދެން ހަމަ ލޮލަށް ފެންނަމުންދާނީވެސް އެހެންވީމާ ހިތަށް އެމަންޒަރުތައް ވަންނަމުންދާނެ.
– ނަޝީދު ވިދާޅުވިއެވެ.
ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ. ތުރުކީގެ ކުންފުންޏަކާއި ހަވާލުކޮށް، މިސްކިތުގެ ޢަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. މިސްކިތުގެ ހުރިހާ މަސައްކަތެއް 2020 ވަނަ އަހަރު ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހަށް މި މިސްކިތް އާއްމުކޮށް ހުޅުވާލަން ނިންމި ނަމަވެސް އެކަން މަޑުޖެހުނީ ކޯވިޑް-19ގެ ހާލަތު އޭރު މާލޭގައި ގޯސްވެ ކޭސްތައް އިތުރުވުމުންނެވެ.
މަސްޖިދު ސަލްމާންގައި ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ އިމާރާތުގެ ފުރަތަމަ 2 ފަންގިފިލާއެވެ. އެއީ އެއްފަހަރާ ގާތްގަނޑަކަށް 4000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައެވެ. މީގެ ތެރެއިން އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ މިސްކިތުގެ 2 ވަނަ ފަންގިފިލާއެވެ. މި މިސްކިތުގެ ގޯތިތެރެ ހިމެނޭހެން ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ މި މިސްކިތުގައި ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، ކިންގް ސަލްމާން މިސްކިތުގައި 4 ކްލާސްރޫމަކާއި، ސެމިނަރ ރޫމަކާއި، ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ ބޮޑު އޮޑިޓޯރިއަމަކާއި، އިސްލާމިކް ލައިބްރަރީއެއްގެ އިތުރުން ދީނީ ދަރުސް ދިނުމަށް މަލްޓި-ޕަރޕަސް ހޯލެއް ވަނީ ޤާއިމުކޮށްފައެވެ. މި މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.
3 Responses
މިކަހަހަލަަ މީހުންނަށްް ނޭގިި އެދެވެނީީ އންސާނުންނަށްް އަޅުކަންކުރާާ ގޮތްތަކުގެތެރެޔަށްް މިމީހުނަށްް ބޮޑުމުސީބާތެއްް ނުޖެހެނީސްް އިހުސާސެއްނުކުރެވޭނެެ އެތިބެވެނީީ ދުނިޔޭގެެ އެދުންވެރިކަމުގަަ ގާފިލުވެފަ
މިސަރުކާރުން ހިލޭހޯދި ހުރިހާ ފައިސާއެއް ޙަރަދުކުރީ މޑޕ އާލާތުން ބިރަކާނުލާ މަޖާކޮށް ނާޗަރަންގީ ކުޅެން. ގައުމު ވިއްކާހުސްކޮށްފަ މިއޮތީ
ކަލޭތީ ހޭބަލިވެފަހުރިމީހެއްތަ މިސަރުކާރު އައި އިރުވެސް ސަލްމާން މިސްކިތް ހުރީ އަޅާފަ ކަލޭމެންގެ ލާދީނީ ކަމުން އަދިވެސް ނުހުޅުވާ