އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލަކީ ވަގެއްކަމަށް ސާބިތުވެ، ކަށަވަރުވާނަމަ އޭނާއަށް ތާއީދު ނުކުރާނެކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރާ ފައްޔާޟު އިސްމާއިލްގެ ކެމްޕެއިނަށް އައްޑޫ ސިޓީ ފޭދޫގައި ހުޅުވި، ޖަގަހާގައި އައްޑޫ ބަހުން ވާހަކަ ދައްކަވަމުން އަސްލް ވިދާޅުވީ، ފައްޔާޟަކީ ވަގަކަށް ވާނަމަ، އޭނާ އަށް ތައީދު ނުކުރާނެކަމަށެވެ. ނަމަވެސް ފައްޔާޟަކީ އެމްޑީޕީއަށް އިޚުލާސްތެރި އެމްޑީޕީއަށް ރަނގަޅު ގޮތުން އެދޭ އެމްޑީޕީގެ އަސާސްތައް ރަނގަޅަށް ނަގަހައްޓާނެ ބޭފުޅެއްކަން ކަށަވަރު ވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީގެ ބައެއް ބޭފުޅުން، ޚާއްސަކޮށް ފައްޔާޟަށް ތާއީދު ނުކުރާ ބައެއް ބޭފުޅުން، ފައްޔާޟުގެ ކައިރީގައި ތިބީ "ބޯވަތަކެއް" ކަމަށް ބުނެ ދައްކަމުންދާ ވާހަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެމްޑީޕީއަކީ ކޮންމެ މީހަކަށްވެސް މަރުހަބާ ކިޔާ އަދި ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެމްޑީޕީއާއި ގުޅުމުގެ ފުރުސަތު އޮތް ޕާޓީއެއްކަމަށެވެ.
ފައްޔާޟު އިސްމާއިލަކީ ވަގެއްކަމަށް އަހަންނަ ކަށަވަރުވާ ނަމަ އަޅުގަނޑެއް ފައްޔާޟަށް ތާއީދެއް ނުކުރާނެ. އެހެން ނަމަވެސް މިއަދު ވަކި މީހަކަށް ވަކި ބައެއްގެ ފަހަތުގައި ނޫޅޭނަމަ އެއީ ރަނގަޅު ބަޔަކަށްވެސް ނުވޭ. އެއީ އިސްލާހަށް މަސައްކަތް ކުރާ މީހަކަށްވެސް ނުވޭ. އެއީ ކޮރަޕްޝަނާއި ދުރު މީހެއް ކަމަށްވެސް ނުވޭ. ހަމަ އެކަނި ވަކި މީހަކަށް ތާއީދުކޮށް، ވަކި މީހަކު ބުނާހާ ގޮތަކަށް ހަދާ މީހަކު މިޕާޓީގެ ބޯވައަަކށް ނުވަނީ. ދެން ތިބީ ހުސް ބޯވައިންނޯ. މިޕާޓީއަކީ މިޕާޓީގެ މެމްބަރުންގެ ޕާޓީއެއް. މިޕާއަކީ މިއަދު މިޕާޓީއަށް ވަންނަ މީހާއަށްވެސް މިޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ އަސާސީ ހުރިހާ ހައްގެއް ލިބިދޭންޖެހޭނެ މީހެއް.
– އަސްލަމް ވިދާޅުވިއެވެ.
މަހިތަށް އައްޑޫ ބަސް ވަރަށް ގަދަ! ???????????? @aslamdp އަބަދަށަސް އައްޑޫ ބަހުރުވައިން ވާހަކަ ދައްކާހެތި. ????????????
pic.twitter.com/CImGwnsdCe— Badr' (@Badruddeen) April 17, 2022
އެމްޑީޕީއަށް ވަންނަ ދުވަހުން ފެށިގެން ކޮންމެ މީހަކަށްވެސް އެމްޑީޕީގެ އަސާސީ ގަވާއިދުން ޖާގަދޭ އެންމެހައި ކަންކަން ކަށަވަރު ވާނެކަމަށާއި އެއީ ވަކި މީހަކު ރުހޭ ގޮތަކަށް ނުވަތަ، ވަކި މީހަކު ވަށައިގެން އެބުރިގެން ވާންޖެހޭ ކަމެއް ނޫންކަމަށެވެ. އެމްޑީޕީގެ އަސާސްތަކާއި، ސިފަތައް މުގުރާލައި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް އެމްޑީޕީ ހިންގަން އުޅުމަކީ އެމްޑީޕީގެ އަސާސްތައް މުގުރާލުންކަމަށް އަސްލަމް ވިދާޅުވިއެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އައްޑޫ ސިޓީގެ މަޖިލިސް ގިނަ މެމްބަރުންގެ ތާއީދު އޮތީ ފައްޔާޟަށެވެ. އަދި މަޖިލީހުގެވެސް ސާފު އައުލަބިއްޔަތު އޮތީ ފައްޔާޟާއިއެކުގައެވެ. ފައްޔާޟަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނަކީ ޕްރޮޖެކްޓްތަކާއި، މާލީ އެދުންތަކަށް ތާއީދުކުރާ މެމްބަރުންކަމަށް އިންތިގެ ޓީމުންވަނީ ބުނެފައެެވެ. ނަމަވެސް ފައްޔާޟަށް ތާއީދު ކުރާ މެމްބަރުން ބުނެފައިވަނީ އެމްޑީޕީގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓޭނީ ފައްޔާޟު އިންތިޚާބު ކޮށްގެންކަމަށެވެ.
ކޮމެންޓު ފޮނުވާ