އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ މެމްބަރުން ވަގަށް ނަގާ މައްސަލާގައި، އެޕާޓީން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި، ކޮމިޝަންގެ އިސްވެރިންނާއި ބައްދަލު ކޮށްފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަންގައި އޮތް މިބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން އެޕަޓީގެ ސެކްޓްރީ ޖެނެރަލް މުހައްމަދު ތޮލާލާއި، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއާއި، ހަމްދާންވެސް ބައިވެރިވިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން ތޮލާލް ވިދާޅުވީ އިލެކްޝަންގައި ޕީޕީއެމްގެ މެމްބަރުން ވަގަށް ނަގާ މައްސަލާގައި ހުރި ކަންބޮޑުވުންވުންތައް ހިއްސާކޮށްފައި ވާނެކަމަށެވެ.
އަދި ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދާ މައްސަލާގައި ފިޔަވަޅު އަޅައި، ޕާޓިން ގެންދިޔަ މެމްބަރުން އަނބުރާ ޕީޕީއެމްއަށް ގެނެވޭނެ ގޮތެއް ހަދައިދޭން އެދިފައިވާނެކަމަށް ތޮލާލް ވިދާޅުވިއެވެ.
ޕީޕީއެމްގެ މެމްބަރުން ވަގަށް ނަގާ މައްސަލާގައި އިލެކްޝަނަށް ކޮމިޝަނަށް. ވަގަށް ގެންގޮސްފައިވާ މެމްބަރުން އަލުން އަނބުރާ ޕީޕީއެމްއަށް ވެއްދުމަށާއި، ވަގު ފޯމު ހުށަހަޅާ ޕާޓީތަކަށް ފިޔަވަޅު އެޅައި ޖޫރިމަނާ ކޮށް ދިނުމަށް އެދިފައިވާނެ.
– ތޮލާލް ވިދާޅުވެއްޖެއެވެ.
PPM ge members vagah nagaa massalaiga @ElectionsMv ah.
Vagah gengos faivaa members alun anburaa @ProgressPartyMV ah vehdhumashaai vagu form hushahalhaa Party thakah fiyavalhu alhaa jurimanaa koh dhinumah edhifa vaane@IbrahimShujaau @AhmedHamdhan @FuwadThowfeek @IsmailHabeeb pic.twitter.com/7HirBSMF1g— Mohamed Tholal (@Tholal) April 17, 2022
ތޮލާލް މިދިޔަ ހަފްތާގައި ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޕީޕީއެމްގެ 5،000 އަށްވުރެ ގިނަ މެމްބަރުން އެހެން ޕާޓީތަކަށް ވަގަށް ގެނެސްގޮސްފައިވާކަމަށެވެ. މިމައްސަލަ އަކީ އިލެކްޝަންސް ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ޕީޕީއެމްއިން ވަގަށް ގެންދިޔަ މެމްބަރުން އަލުން ޕީޕީއެމްއަށް ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ތޮލާލް ވަނީ އެދިފައެވެ. އަދި މިކަން ކުރި ސިޔާސީ ޕާޓީތަކާއިމެދު އިލެކްޝަންސް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް ތޮލާލްވަނީ ގޮވާލާފައެވެ.
އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތު ޕީޕީއެމްގައި ތިބީ 34،237 މެމްބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށްޓަކައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލަ ހައްލުކުރުމަށް، ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ވަކި މުއްދަތަކަށް އާންމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވީނަމަވެސް މިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ޤާއިމްކުރެވިފައެއް ނުވެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކޮމިޝަނަށް ހުށަހަޅާ ފޯމުތައް އާންމު ކުރުމަށް ނިންމާފައެވެ. ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބެލުމަށްފަހު 7 ދުވަހުގެ މުއްދަތަކަށް އިލެކްޝަންސްގެ ދަފްތަރުގައި ހުށަހަޅާ ފޯމުތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.