ޖުމްހޫރިއްޔަތުގެ މިނިވަންކަން ހިފެހެއްޓެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: ޑރ.ޝަހީމް

ޖުމްހޫރިއްޔަތުގެ މިނިވަންކަން ހިފެހެއްޓެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 02:55
0

ރާއްޖޭގެ ޖުމްހޫރީ ވެރިކަމެއްގެ ސިޔާދަތު ނަގަހައްޓަވައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމުގައި، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި 2018 ވަނަ އަހަރުގެ އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކޮށް ޑރ.ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިޤައުމުގެ ތާރީހުގައި ޖުމްހޫރީ ވެރިކަމެއްގެ އަމިއްލަ ވަންތަކަމާއި އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ނެގެހެއްޓެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީކަމަށެވެ. އެމަނިކުފާނަށް ޤައުމަށް ވެވަޑައިގެންނެވި ގުރުބާނީއާއި ކޮށްދެއްވި ޚިދުމަތުގެ އަގު މިސަރުކާރުން ދެމުން ގެންދަނީ ވަރަށް ހިއްދަތިކޮށް ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވަނީ ރައީސް ޔާމީން ޤައުމަށްޓަކައި ވެ ވަޑައިގެންނެވި ޤުރުވާނީ އަގުވަޒަންކޮށް އެމަނިކުފާނަށް ނުހައްގުން ދެމުންދާ އަނިޔާތައް ވަގުން ވަގުތަށް ހުއްޓާލައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރު ވެގެންދިޔައީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި، އިޤްތިޞާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ 5 އަހަރު ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ވަނީ ދަޢުވާކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.