އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ސަރުކާރުން ހުރަސްއަޅާކަމަށްބުނެ އަމީރު ހާޒިރުކުރަނީ

އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ސަރުކާރުން ހުރަސްއަޅާކަމަށްބުނެ އަމީރު ހާޒިރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2022 09:44
0

ގައްދޫ ގޭދޮށު މަސްޕްލާންޓު އެޅުމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ބުނެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

އަމީރު ހާޒިރު ކުރުމަށް ހުށަހެޅުއްވީ އޭނާ ނިސްބަތްވާ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުއެވެ. އަހުމަދު ޒާހިރު އަމީރު ހާޒިރު ކުރަނީ އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ސަރުކާރުން ހުރަސް އަޅާ ސަބަބު ސާފުކޮށް ދެއްވުމަށެވެ.

އަމީރުއާއި ކުރެއްވުމަށް އަހުމަދު ޒާހިރު ހުށަހަޅާފައިވާ ސުވާލުގައި ބުނެފައިވަނީ ގޭދޮށު މަސް ޕްލާންޓް ހަދާ ހިންގުމަކީ އިއްޒަތްތެރި ވަޒީރު ނިސްބަތްވާ (އެމް.ޑީ.ޕީ ގެ ވައުދު ނާމާގައި ހިމެނޭ ކަމަކަށް ވެފައި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނި ބަލައިގަނެފައިވާ ކަމެއްކަމަށެވެ.

ގައްދޫ ކައުންސިލުން ކުރި ބިޑެއްގައި ބޭރުގެ ފަރާތަކުން ގައްދޫ ކައުންސިލްއާއި އެކު ގޭދޮށު މަސްފެކްޓްރީއެއް ހިންގަން ތައްޔާރުވެ ތިބިކަމަށް އެފަރާތުން ބުނުމާއިއެކު އެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓާ ސަބަބު ސާފުކޮށް ދެއްވަފާނަންތޯ؟ އަދި މި ސިޔާސަތު ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވަން ގަސްތު ކުރައްވަންތޯ؟ ސާފު ކުރެއްވުމަށް އަހުމަދު ވަނީ ހުށަހަޅާފައެވެ.

މިސަރުކާރުން ރާއްޖޭގެ މަސްވެރިންނަށް ގޭދޮށު މަސް ޕްލާންޓްތައް އެލުމަށް ވައުދުވީނަމަވެސް އެކަން އަދި އެއްވެސް ރަށެއްގައި ނިމިފައި ނުވެއެވެ. މިއީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުކެވެ. ގިނަ ރައްތަކުގައި މިކަން ކުރުމަށް ބިޑްކޮށް، ބަޔަކާއި ހަވާލު ކުރި ނަމަވެސް މާއެދެވޭ މަސައްކަތްތަކެއް މިކަމުގައި އަދި ކުރެވިފައި ނުވެއެވެ. ގޭދޮށު ފަސް ޕްލާންޓަކީ އަމިއްލަ ރަށުގައި ތިބެ މަސްވެރިކަމުން ނަފަ ލިބޭނެ ގޮތަކަށް މިސަރުކާރުން ރޭވި ކޮންސެޕްޓެކެވެ.

މަސްވެރިންގެ ޝަކުވާތައް ބޮޑުވެފައިވާ މިދަނޑިވަޅުގައި ގިނަ އަދަދެއްގެ މަސްވެރިން ދަނީ ސަރުކާރާއިމެދު ނުރުހުން ފާޅުކޮށް، މަސްވެރިންނަށް ވީވައުދުތައް ފުއްދުމަށް ގޮވާލަމުންނެވެ. އަދި މަސްވެރިންގެ އިހުތިޖާޖްތަކުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހުންނެވީ މަސްވެރިންނާއި އެކުގައިކަން ހާމަކޮށް ދެއްވައި ނަޝީދުވަނީ މަސްވެރިންނަށް ހިތްވަރު ދެއްވައި ހަމައަގު ކަނޑައެޅޭނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.