ދަރިފުޅު މަރުވިތާ ދެ މަސް ފަހުން އެކްޓަރ ޝިވް މަރުވެއްޖެ

ދަރިފުޅު މަރުވިތާ ދެ މަސް ފަހުން އެކްޓަރ ޝިވް މަރުވެއްޖެ

Author
ފާތިމަތު ނާވީ
12 އޭޕްރިލް 2022 06:29
0

ބޮލީވުޑްގެ ގިނަ ފިލްމް ތަކަކަުން ފެނިގެން ގޮސްފައިވާ ޝިވް ސުބްރަމާނިއަމް މަރުވެއްޖެ އެވެ.

"ޓޫ ސްޓޭޓް" އާއި "ކަމީނޭ" ފަދަ ފިލްމް ތަކުގައި މޮޅުއެކްޓިން އެއް ދައްކާފައިވާ ޝިވް އަކީ ސްކްރީން ރައިޓަރެއް ވެސްމެއެވެ.

ޝިވް މަރުވެފައިވަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޖަހާން މަރުވިތާ ދެމަސް ވެސް ނުވަނީސް ކަމަށް ރިޕޯޓްތަށް ބުނެއެވެ. އުމުރުން 16 އަހަރުގައި ދަރިފުޅު މަރުވީ ބްރެއިން ޓިއުމަރެއްގެ ސަބަބުންނެވެ.

ޝިވް މަރުވެފައި ވަނީ އަދީއްތަ ދުވަހުއެވެ. އޭނާ މަރުވި ސަބަބެއް އަދި ސާފެއް ނޫނެވެ.

މިހަބަރާއި ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންވަނީ ހިތާމާގައި ބައިވެރިވެ ތައުޒިޔާ ކިޔަޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.