ރާޖަޕަކްސަގެ އާއިލީ ވެރިކަމާ ދެކޮޅަށް ސްރީ ލަންކާގެ އެތައް ހާސްބަޔަކު މުޒާހިރާ ކޮށްފި

ރާޖަޕަކްސަގެ އާއިލީ ވެރިކަމާ ދެކޮޅަށް ސްރީ ލަންކާގެ އެތައް ހާސްބަޔަކު މުޒާހިރާ ކޮށްފި

Author
ހުސެއިން
10 އޭޕްރިލް 2022 05:45
0

ސްރީ ލަންކާއަށް ކުރިމަތި ވެފައިވާ އިގްތިސާދީ ހާލަތަށް ކުރި އެރުމެއް ނުލިބި ދިގުލައިގެން ދަނިކޮށް، އެގައުމުގެ މުޅި ސަރުކާރު ބަދަލު ކުރުމަށް ގޮވާލާ، އެތައް ހާސްބަޔަކު، ސްރީ ލަންކާގެ ރައީސް ގޮޓަބަޔ ރާއްޕަކްސައާއި އޭނާގެ ބޭބެ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ދެކޮޅަށް ވެރިކަށް ކޮލޮމްބޯގެ މަގުތަކުގައި މުޒާހިރާ ކޮށްފިއެވެ.

ކޮލޮމްބޯ ވޯޓަރ ފްރޮންޓުގެ، ގޯލް ފޭސް ގްރީންގައި މިއަދު، ޔުނިވަރސިޓީ ދަރިވަރުންނާއި، ޓީޗަރުންނާއި، ލޯޔަރުންނާއި، އެކްޓަރުންނާއި އާކިޓެކްޓުންވެސް ބައިވެރިވިއިރު، މީގެތެރެއި ގިނަ މީހުން ބުނެފައިވަނީ، މިއީ އެމީހުން މުޒާހިރާއަކަށް ނިކުތް ފުރަތަމަ ފަހަރު ކަމުގައެވެ. އަދި އެމީހުން ވަނީ، ގޮޓަބަޔަ އަކީ މޮޔައެއް ކަމަށް އަޑު އުފުލާ، އޭނާގެ އިސްތިއުފާއަށް ގޮވާފައެވެ.

އެތައްހާސް ބަޔަކު މިއަދު މުޒާހިރާ ކޮށްފައިވަނީ، މެންދުރުގެ ގަދަ ހޫނުގައެވެ.

ގޯލް ފޭސްގައި ހިނިހިރު ދުވަހު ބެއްވުނު މުޒާހިރާގައި އެތައް ހާސްބަޔަކު ވަނީ ބައިވެރި ވެފަ

ހޮނިހިރުދުވަހު މުޒާހިރާ ކުރި ފަރާތްތަކުން މުޒާހިރާގައި ސްރީ ލަންކާގެ ދިދަ ވިހުރުވާފައި ވާއިރު، އެކިއެކި ޝިއާރުތައް ލިބެފައިވާ ބޯޑުތައްވެސް މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުން ބޭނުން ކޮށްފައި ވެއެވެ. "ކޮރަޕްޓް ސިޔާސީ މީހުން ބޭނުމެއް ނޫން،"، "ރާޖަޕަކްސް އާއިލާގެ ކިބައިން ސްރީ ލަންކާ ސަލާމަތް ކުރޭ،" ސިހަލަ ބަހުން މި ފަދަ ޝިއާރުތައް މުޒާހިރާ ކުރި ފަރާތްތަކުން ފާޅުކޮށްފައި ވެއެވެ.

ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހިރާތައް ކުރިޔަށް މިދަނީ، އުމުރުން 72 އަހަރުގެ ގޮޓަބަޔަ ރާޖަޕަކްސަ ބޮޑު ތަފާތަކުން އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކާމިޔާބިކޮށް، އަދި ޖެހިގެން އައި މަޖިލިސް އިންތިޚާބުގައި މަޖިލިހުގެ ތިންބައިކޮށްފަ ދެބައިގެ އަޢުލަބިއްޔަތެއް ހޯދިތާ އަހަރެއްހާ ދުވަސްވެސް ފާއިތުވެގެން ނުދަނީހެވެ.

ގޮޓަބަޔައަށް ރިޔާސީ އިންތިޚާބުގައާއި އަދި މަޖިލިސް އިންތިޚާބުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބީއާއެކު، އޭނާގެ ބޭބެ، މަހިންދަ ރާޖަޕަކްސަ ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އަދި އެއަށްފަހު، ރައީސަށް ލިބިގެންވާ ބާރުތައް އިތުރު ކުރުމަށްޓަކާ، ގޮޓަބަޔަ ވަނީ އެގައުމުގެ ގާނޫނު އަސާސީވެސް ފަހުން ބަދަލު ކޮށްފައެވެ.

އަދި އެއަށްފަހު، ގޮޓަބަޔަވަނީ ރާޖަޕަކްސަ އާއިލާގެ އިތުރު ތިން ބެއިންވެސް ކެބިނެޓަށް އައްޔަން ކޮށްފައެވެ. އެއީ ފިނޭންސް މިނިސްޓަރު ކަމަށާއި، އެގްރިކަލްޗުރަލް މިނިސްޓަރު ކަމަށާއި، ސްޕޯޓުސް މިނިސްޓަރު ކަމަށެވެ.

ކޯވިޑް19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި، ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް، އަދި ގައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިންތިހާއަށް ދަށްވެގެން ދިއުމާއި ގުޅިގެން، އެގައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށް މަޖުބޫރުވެ، ސްރީ ލަންކާގެ ސަރުކާރުންވަނީ، އެގައުމަށް މުދާ އެތެރެކުރާ މިންވަރު މަދުކޮށްފައެވެ.

އަދި، އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ސަރުކާރުން އެގައުމުގެ އިގްތިސާދުގެ ބޭނުން ނާޖާއިޒު ގޮތުގައިކޮށް، އަދި ނަގާފައިވާ ބޮޑެތި ލޯނުތަކާއި، މާބޮޑު ޕްލޭނެއް ނެތި ޓެކްސް ދަށްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ގޯސްވަމުންދާ އިގްތިސާދީ ހާލަތަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.

އިގްތިސާދީ ހާލަތު ދަށްވެ، ސްރީލަންކާއިން މިހާރުވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބަޔަގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުންދާ އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.

ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުން ދިރިއުޅެން ޖެހުމާއި ގުޅިގެން އެގައުމުގައި ހިގަމުންދާ ބޮޑެތި މުޒާހިރާތައް ހުއްޓުވުމަށްޓަކާ އެގައުމުގެ ސަރުކާރުންވަނީ މީގެ ކުރިން ކާފިއުވެސް އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.