މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށްގެންދާ "ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ސާވޭ 2026″ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ފަށައިފިއެވެ.
މި ސާވޭ ކުރިއަށްދާނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ން 31 އަށެވެ.
މި ސާވޭގައި ދިވެހިން ދަތުރުކުރާ މަންޒިލްތަކާއި، ދަތުރުގެ ބޭނުމާއި، ދަތުރުގެ ޚަރަދު ހަމަޖެއްސި ގޮތާއި، ޓިކެޓަށް ކުރި ޚަރަދާއި، ދަތުރުގައި ކުރި ޚަރަދުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ.
އެމްއެމްއޭ އިން ބުނީ މި ސާވޭގައި އެއްވެސް ޒާތީ މަޢުލޫމާތެއް ނުނަގާނެ ކަމަށާއި، ލިބޭ ހުރިހާ މަޢުލޫމާތެއް ބޭނުންކުރާނީ ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ